ދިރާގުގެ ކަލަންޑަރު ލޯންޗުކުރުން: ފޮޓޯ/ ދިރާގު
ވިޔަފާރި
23 Dec 2025 | 10:04
ދިރާގުން 2026 އަށް ރީތި ކަލަންޑަރެއް: ދައްކުވައިދެނީ ކަނޑުފަޅުތަކުގެ ގުޅުމާއި ދިވެހިރާއްޖޭގެ ގުޅުން

ދިރާގުން "ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް" މި ޝިއާރުގެ ދަށުން އެކުލަވާލައިފައިވާ އެ ކުންފުނީގެ 2026ވަނަ އަހަރުގެ ކަލަންޑަރު ތައާރަފްކޮށްފިއެވެ.

މި ކަލަންޑަރަކީ ކަނޑުފަޅުތަކުގެ ދިރުންތައް އެކަތި އަނެކައްޗަށް ބަރޯސާ ވާ ފަދައިން، ދިވެހިރާއްޖޭގައިއެކަކު އަނެކަކު ގުޅުވައިދިނުމުގައި ދިރާގު އަދާކުރަމުންދާ މުހިންމު ދައުރާއި ހުރި މާނަވީ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ކަލަންޑަރެކެވެ. 

މި ކަލަންޑަރު ތައާރަފްކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި މި ކަލަންޑަރުތައާރަފްކޮށްދެއްވައިފައިވަނީ ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއީލް ރަޝީދެވެ. މި ހަފްލާގައި ދިރާގުގެ އިސް ވެރިންގެ އިތުރުން ކަނޑުތަކާއި ތިމާވެށި ހިމާއަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި އަމަލީ ގޮތުން މަސައްކަތްތައް ކުރަމުންދާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވިގޮތުގައި، ދިރާގުގެ މަގުސަދަކީ މި ކަލަންޑަރުގެ އެހީގައި ރާއްޖޭގެ ވަށައިގެންވާ ތިމާވެށި ދެމެހެއްޓިނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދީ، ކަނޑުތައް ރައްކާތެރިކުރުމަށް ބާރުއެޅުންކަމަށެވެ.

”ކަނޑުތައް ރައްކާތެރިކުރުމަކީ ދިރާގުގެސީ.އެސް.އާރުގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށް ވާ އިރު އަޅުގަނޑުމެންގެ އުންމީދަކީ މި ކަލަންޑަރުގެ އެހީގައި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުން." މިރުޝާން ވިދާޅުވިއެވެ. 

މި ކަލަންޑަރުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނައިފައިއެވެ. އަދި ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ކަނޑުގައި ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ މައްޗަށެވެ. މި ގުޅުންތައް ބިނާވެފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތައް ގުޅިލާމެހިފައިވާ ފަދައިން، ކަނޑުގެ ދިރުންތައް ވެސް ކެއިންބުއިމަށާއި ރައްކާތެރިކަމަށާއި ދިރިއުޅޭ ތަން ބިނާކުރުމަށް އެކަތި އަނެކައްޗަށް ބަރޯސާ ވާ ގޮތުގެ މައްޗަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.