އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ހަބަރު
23 Dec 2025 | 19:15
ސުތުރާގެ ނަމުގައި މިސްކިތްތަކަށް ވައްދާފައިވާ ތަކެތި ނަގަން އަންގަނީ

މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށާ މިގޮތައް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނެ ކަމަށެވެ.

".. މިއީ ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ޤަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއް ނޫން. ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫން," މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅު ވާނެ ކަމަށެވެ. އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިގޮތުން އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެންނަނަ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ފަތުވާ ނެރެފަ އެވެ. 

ފަތުވާ މަޖިލީހުން ސުތުރާ ބަހައްޓާ މައްސަލާގައި ނެރުނު ފަތުވާގައި ބުނެފައި ވަނީ މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައެއް ކަމުން މި މައްސަލަ އަކީވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ.

އިލްމުވެރީންގެ ތެރެއިން އެއް ބަޔަކު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާ ނަމަވެސް އިލްމުވެރީންގެ ތެރެއިން އަނެއް ބަޔަކު އެކަން މަނާކުރާ ކަމަށެވެ.

ސުތުރާގެ ގޮތުގައި ބޭނުން ކުރަން މިސްކިތްތަކަށް ވައްދާފައިވާ ބައެއް ތަކެތި 

ރަސޫލާގެ ޒަމާނުގައި ސުތުރާއަށް ބޭނުން ޖެހިފައިވާ ހާލުގައިވެސް އަދި މިސްކިތުތެރެއަށް އެފަދަ ތަކެތި ވެއްދުމުގެ އޮތްއިރުވެސް މިސްކިތުގެ ތެރެއަށް ސުތުރާގެ ގޮތުގައި ވަކި ހާއްސަ އެއްޗެހިތަކެއް ހަދައިގެން ވައްދާފައިނުވާކަން އެނގޭ ކަމަށް ފަތުވާގައިވެ އެވެ. އަދި އެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާގައިނުވާ ކަން ވެސް ދޭހަވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާ ގޮތުގެ ބޭނުންކޮށްފައި ވަނީ އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމުން ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މި ދުވަސްވަރު ވެސް އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ސުތުރާގެ ހުކުމް 

ފަތުވާގައި ބުނެފައިވަނީ ސުތުރާ ބޭނުންކުރުމުގެ މައްސަލާގައި ފިގުހުގެ ގިނަ އިލްމުވެރީންގެ ނަޒަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުންނަތެއް ކަމަށެވެ. ނަމަވެސް ފަހުގެ ބައެއް އިލްމުވެރީން ސުތުރާ ވާޖިބު ކަމަށްވެސް ވިދާޅުވާ ކަމަށެވެ.

މި ގޮތަށް ވިދާޅުވާ އިލްމުވެރީންގެ ތެރޭގައި އައްޝައިހް މުހައްމަދު ނާސިރުއްދީން އަލްބާނީ އާއި އައްޝައިހް މުޤުބިލް ބުނު ހާދީ އަލްވާދިޢީ އަދި އަައްޝައިހް އަބްދުއްރައްޒާޤް އަފީފީ ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގިނަ އިލްމުވެރީން ވިދާޅުވަނީ އެއީ ސުންނަތެއް ކަމުގައި ފަތުވާ މަޖިލީހުން ބުނެފައިވެ އެވެ.

ސަލާމާއި ސަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައިވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައިނުވާ ކަމަށް ބަޔާންކޮށް އެކަމުގެ ދަލީލު ގެނެސްފައިވެ އެވެ.

ނަމަވެސް މިސްކިތުން ބޭރުގައި ނަމާދުކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށާ ސުތުރާގެ ގޮތުގައި ބަހައްޓަވާފައިވަނީ އެހެން ކަންކަމަށް ބޭނުންކުރައްވާ ތަކެތި ކަމަށާ ވަކި އެއްޗެއް ހައްދަވައިގެން ބޭނުމެއް ނުކުރައްވާ ކަމަށެވެ. އެގޮތުން ބޭނުން ކުރައްވާފައި ވަނީ ފާރު, އަސާ, މީހުން, ތަންމަތި, އެނދު, ދުނި ނުވަތަ ތީރު, ސަވާރީ, އަސްދާނުގޮނޑި އަދި ގަސްފަދަ ތަކެތި ކަމަށް ފާހަަގަކޮށްފައިވެ އެވެ.

ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައި މިވަނީ ރާއްޖޭގެ މިސްކިތްތަކުގައި ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް ތަފާތު ޑިޒައިންތަކަށް އެކި ކަހަލަ ތަކެތި ހަދާ މިސްކިތުގެ ތެރެއަށް ވެއްދުން އާންމުވެފައި ވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ