ހުޅުމާލެ ހައިވޭ ފެށޭ ސަރަހައްދު -- ފޮޓޯ: ހުޅުމާލެ ލިންކް ޕޭޖް
ހަބަރު
24 Dec 2025 | 00:47
ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ހަދަނީ، އައްޑޫގައި ވެސް ހަދާނެ

ރާއްޖޭގައި ދެ, ރޭސިން ޓްރެކެއް އަޅާނެ ކަމަށާ މާލެ ސަރަހައްދުގައި އަޅާ ރޭސިން ޓްރެކް މާލެ ހުޅުމާލެ ގުޅާލާ ހައިވޭގެ ބޭރުން ހަދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ, ރޭސިން ޓްރެކެއް އަޅާނެ ކަމަށެވެ. އެކަމުގެ ދިރާސާތައް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މާލެ ސަރަހައްދުގައި އަޅާ ރޭސިން ޓްރެކް މާލެ ހުޅުމާލެ ގުޅާލާ ހައިވޭގެ ބޭރުން ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން ނިންމީ އެ ގޮތަށް ޓެކްނިކަލް ލަފާ ލިބުމުން ކަމަށް ވިދާޅުވި އެވެ.

"މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އަޅުގަނޑުމެން ބަލާފައި އެންމެ ފީސިބަލް ތަނަކަށް މި ނިންމީ މާލޭން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގައި ރޭސިންއަށް ފުރުސަތު އޮތްއިރު އެކްސިޑެންޓާއި އެ ނޫން ވެސް އުނދަގޫތައް ހުރި ކަމަށެވެ. އަދި މީހުންނަށް އުނދަގޫވެ އެކަމުގެ ޝަކުވާ ކުރި ކަމަށެވެ. އެހެން ކަމުން މި ފަހަރު އެކަންކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ.

ދެވަނަ ރޭސިން ޓްރެކް އަޅާނީ ދެކުނުގެ އައްޑޫ ސިޓީގަ އެވެ. އެ މަސައްކަތް އޮތީ ފައިނަލައިޒް ވަމުންދާ މަރުހަލާގައި ކަމަށާ މަސައްކަތް ކުރަނީ ބޭރުގެ ފަންޑަކުން އެ ޕްރޮޖެކްޓް ހިންގަން ކަމަށް ވިދާޅުވި އެވެ.

ރޭސިން އަކީ ބައެއް ޒުވާނުން ވަރަށް ޝައުގުވެރިވާ ކަމެކެވެ. އެކަމަށް ކުރީން ހުއްދަ ދިނަސް ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ މީހުން މަރުވާ ނިސްބަތް އިތުރުވާން ފެށުމުން އެކަން މަނާކުރީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ