ލީބިޔާގެ އާމީ ޗީފް
ދުނިޔެ
24 Dec 2025 | 08:45
ލީބިޔާގެ އާމީ ޗީފް ދަތުރުކުރަމުންދިޔަަ ޕްރައިވެޓް ޖެޓް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ

ލީބިޔާގެ އާމީ ޗީފް، މުޙައްމަދު އަލީ އަޙްމަދު އަލް-ޙައްދާދު، ތުރުކީގެ ވެރިރަށް އަންކާރާ ދަތުރުކުރަމުންދިޔަ ޖެޓްވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

އަންކާރާގެ އެއަރޕޯޓަކުން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު މި ބޯޓުގައި އި އަލް-ޙައްދާދުގެ އިތުރުން ލީބިޔާގެ އިސް އަސްކަރީ ހަތަރު ބޭފުޅަކާއި، ބޯޓުގެ ތިން ކްރޫ މެންބަރުން ތިއްބެވެ.

ތުރުކީގެ އޮފިޝަލުން އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ތަޙްޤީޤުތަކުން ދައްކާ ގޮތުގައި މި ހާދިސާއަކީ ކުރިމަތިވެފައިވަނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ލީބިޔާގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދަބީބާ ވިދާޅުވޫ، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ލީބިޔާގެ ވަފްދުގެ ބޭފުޅުން ޤައުމަށް އެނބުރި ވަޑައިގަންނަވަނިކޮށް ކަމަށެވެ.

"މިއީ ޤައުމަށާއި، އަސްކަރިއްޔާއަށާއި، ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑުމެންނަށް ގެއްލިގެންދިޔައީ އިޚްލާޞްތެރިކަމާއި ވެފާތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވި ބޭފުޅުން. އެބޭފުޅުންނަކީ ޒިންމާދާރުކަމާއި، ޤައުމީ ލޯބީގެ މިސާލެއް،" ދަބީބާ ވިދާޅުވިއެވެ. 

އަލް-ޙައްދާދަކީ ލީބިޔާގެ ހުޅަނގު ފަރާތުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރެވެ. އަދި 2011 ވަނަ އަހަރު ނޭޓޯގެ އެހީތެރިކަމާއެކު ހިންގި ބަޣާވާތެއްގައި ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި މުޢައްމަރު ގައްދާފީ ވެއްޓި، އަވަހާރަކޮށްލެވުނު ފަހުން، ބައިބައިވެފައިވާ ޤައުމު އެއްބައިވަންތަކުރުމަށް އ.ދ. މެދުވެރިވެގެން ކުރިއަށްދާ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މި ހާދިސާގައި މަރުވި އަނެއް ހަތަރު އަސްކަރީ އޮފިސަރުންނަކީ، ލީބިޔާގެ ގްރައުންޑް ފޯސްގެ ވެރިޔާ ޖެނެރަލް އަލް-ފިތޫރީ ޣަރީބިލް، އަސްކަރީ އުފެއްދުންތަކާ ބެހޭ އިދާރާގެ ވެރިޔާ ބްރިގޭޑިއަރ ޖެނެރަލް މަޙްމޫދު އަލް-ޤަޠާވީ، އާލީސްޓާފްގެ ވެރިޔާގެ މުޝީރެއްގެ ގޮތުގައި ހުންނެވި މުޙައްމަދު އަލް-އަސަވީ ދިޔާބް، އަދި އާލީސްޓާފްގެ އޮފީހުގެ އަސްކަރީ ފޮޓޯގްރާފަރު މުޙައްމަދު ޢުމަރު އަޙްމަދު މަޙްޖޫބް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.