ރައީސް ނަޝީދުއާއި ޔާމީން އަދި ޞާލިޙް
ހަބަރު
24 Dec 2025 | 13:54
ރައީސް ޔާމީންއާ ގުޅިގެންވެސް މަސައްކަތް ކުރެވޭނެ؛ އަޅުގަނޑުމެންނަށް އެ މަގު ހޯދޭނެ: ޞާލިޙާއި ނަޝީދު

ގައުމު މިހާރު އޮތް ޙާލަތު ބަދަލު ކުރަން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމު އާއި އެކު ވެސް މަސައްކަތް ކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެންޕެއިންގެ ތެރެއިން އުފެދުނު ބޮޑު ދެބަސްވުންތަކާއި ގުޅިގެން ދުރުވެވަޑައިގެންނެވި ރައީސް ނަޝީދާއި ޞާލިޙް ދެބޭފުޅުންގެ ދެބަސްވުންތައް ފަހަތަށް ޖައްސަވައި މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. 

އެ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވަނީ ގައުމުގެ ހާލަތު ބަދަލު ކުރައްވަން، ކުރީގެ ރައީސުންނާއެކުވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. 

އެވާހަކައާއި ގުޅިގެން ނޫސްވެރިއަކު ވަނީ ކުރީގެ ރައީސް ޔާމީނާއެކުވެސް ސިޔާސީ މަސައްކަތް ކުރައްވާނެތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވަނީ އެކަން ކުރެވޭނެ ކަމަށާ، ”ރައީސް މައުމޫނާއެކުވެސް މަސައްކަތް ކުރިން“ ކަމަށް ވިދާޅުވެފައެވެ.  

އެއާއެކު ރައީސް ޞާލިޙްވެސް ޔާމީނާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. 

”ޔާމީންއާ އެކީގައިވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ. އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންނަށް އެ ހައްލު، އެ މަގު، ހޯދޭނެ ކަމަށް. އެކީގައި މަސައްކަތް ކުރެވޭނެއޭ. މިހާރު ގައުމު މިއޮތް ހާލަތުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. އެހެންވީމާ އެކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެތެރެއަށް އައުމަކީ އަޅުގަނޑުމެން އެދޭ ކަމެއް“ ނަޝީދާއި ޞާލިޙް ވިދާޅުވިއެވެ. 

ރައީސް ޞާލިޙް

ނަޝީދުއާއި ޞާލިޙް ޔާމީނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއިރު، މިދިޔަ އަހަރު ޔާމީން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ، އެމްޑީޕީއާއެކު މަަސައްކަތް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، އެ ޕާޓީއާ އެމަނިކުފާނުގެ ފިކުރު ތަފާތު ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ