ކަސްޓަމްސް ބިލްޑިން --
ހަބަރު
24 Dec 2025 | 21:05
ވީއައިއޭގެ ކަސްޓަމްސް ކްލިއަރެންސް 24 ގަޑިއިރަށް ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެމަގުން އަންނަ މުދަލާގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ އެންމެހާ ހިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސް އިން މިގޮތަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ގޮތަށް ނިންމެވުމަށް އެންގެވުމުންނެވެ. ރައީސް އެ ގޮތަށް އެންގެވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލްވުމުގައި ވިޔަފާރިވެރީން އެކަމަށް އެދުމާއި ގުޅިގެންނެވެ.

އެރޭގެ ބައްދަލްވުމުގައި ރައީސް ވަނީ މުދާ ކުލިއާ ކުރަން ފްރީކޮށް ހަމަޖެހިފައިވާ 80 ގަޑިއިރުގެ ބަދަލުގައި 124 ގަޑިއިރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ވެސް އިއުލާނު ކުރައްވާފަ އެވެ. އަދި ކަސްޓަމާއި އެމްއޭސީއެލްގެ އިސްބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ކްލިއަރެންސް މަަސައްކަތް ސައުވީސް ގަޑިއިރަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި 80 ގަޑިއިރު 124 ގަޑިއިރަށް އިރާދަކުރެެއްވިއްޔާ, ޑެމެރެޖް ނާރާ ގޮތަށް އިތުރުކޮށްދޭނެ. އަދި ކަސްޓަމާއި އެމްއޭސީއެލް ގުޅިގެން ކްލިއަރެންސް މަަސައްކަތަށް މި އޮންނަނީ 18 ގަޑިއިރާއި 30 މިނެޓް. އެގޮތަށް އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ," މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި  އިއުލާނު ކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ