ފުލުހުންގެ މައި މަރުކަޒު-- ފޮޓޯ/ވޮއިސް
ހަބަރު
25 Dec 2025 | 15:33
މިއަހަރުގެ ތެރޭ ސައިބާ ކްރައިމްގެ 814 މައްސަލައެއް

މިއަހަރުގެ ތެރޭ ސައިބާ ކްރައިމްގެ 814 މައްސަލައެއް ރިޕޮޓުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފިއެވެ. 

ފުލުހުން މި މައުލޫމާތުތައް ހިއްސާކޮށްފައިވަނީ އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

ފުލުހުން ބުނި ގޮތުގައި މިއީ 2024 ވަނަ އަހަރަާއި އަޅާ ބަލާއިރު %90.2 އިތުރު އަދަދެއްކަމަށެވެ.  

މި އަހަރު ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ސްކޭމްގެ 542 މައްސަލައެއް ރިޕޯޓުކުރެވިފައިވެއެވެ. މިއީ މި އަހަރު ހުށަހެޅުނު ޖުމުލަ ސައިބަރ މައްސަލަތަކުގެ %66.6 އެވެ.

މި މައްސަލަތަކުގެ %10.2 އަކީ ހެކް ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ސޯޝަލް މީޑިއާ އަދި މޯބައިލް ފޯން ހެކް ކުރުމުގެ 71 މައްސަލައެއް ރިޕޯޓުކޮށްފައިވއެވެ. 

ރިޕޯޓުކުރެވުނު ކުއްތަކުގެ %9.6 އަކީ އޮންލައިން ހެރޭސްމެންޓް މައްސަލަތަކެވެ. އޮންލައިން ހަރާސްމަންޓުގެ ތެރޭގައި ބަރަހަނާ މަންޒަރު މެދުވެރިކޮށް ބިރު ދެއްކުމާއި، ބްލެކްމެއިލް ކުރުމާއި، ޑިފެމޭޝަން އަދި ބުލީ ކުރުމުގެ މައްސަލަތައް ހިމެނެއެވެ. 

ފުލުހުން ބުނާގޮތުގައި މިވަގުތު 111 މައްސަލައެއް ދަނީ ތަހުގީގުކުރެވެމުންނެވެ. އަދި މިއަހަރުގެ ތެރޭގައި ސައިބަރ ކްރައިމްގެ އެކި ހާދިސާތަކާއި ގުޅިގެން 1095 ފަރާތަކަށް އެހީ ފޯރުކޮށްދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުންގެ ތަފާސްހިސަބުތަކުން ދައްކާ ގޮތުގައި ދުވާލަކު 3 ސައިބަރ ކުށުގެ ހާދިސާ ރިޕޯޓުކުރެވެއެވެ. 

މީގެ އިތުރުން ފުލުހުން ވިދާޅުވީ ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށް ހިންގާ ކޮންފެޝަން ޕޭޖް ތަކުން 3 ޕޭޖެއް  ސީޒްކޮށް، 19 ޕޭޖެއް ޓޭކް ޑައުން ކޮށްފައި ވާކަމަށެވެ. އަދި މީގެ ތެރެއިން 30 މައްސަލައެއް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ