ރައީސް މީޑިއާ ހައުސް ހުޅުވައި ދެއްވަނީ --
ހަބަރު
25 Dec 2025 | 16:14
މީޑިއާތަކަށް މާލީ އެެހީ ދިނުން: އާ އުސޫލު ނެރެފި، މުއްދަތާއި މުވައްޒިފުންގެ އަދަދަށް ބަލާނެ

މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު ބަދަލުކޮށް އެ އުސޫލު އާންމުކޮށްފި އެވެ.

ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް މީގެ ކުރީން ވެސް އާންމުކުރި އެވެ. ނަމަވެސް އެ އުސޫލާއިމެދު އޮތް ކަންބޮޑުވުންތަކާއެކު އުސޫލަށް ބަދަލު ގެންނަން ނިންމީ އެވެ.

މިއަދު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު އާންމުކޮށްފަ އެވެ. މި ފަހަރުގެ އުސޫލުގައި މީޑިއާގެ މުއްދަތަށް ބަލައި މާކްސް ދިނުމުގައި ކަނޑައަޅާފައިވާ ގޮތާއި މުވައްޒަފުންގެ އަދަދަށް ބަލައި މާކްސް ދިނުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލުކޮށް ހިމަނާފައިވެ އެވެ.

މިހާރު އޮތްގޮތުން ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތަށް ބަލާ 10 މާކްސް ދިނުމަށް ހިމަނާފައިވެ އެވެ.

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 1 އަހަރާއި 2 އަހަރާ ދެމެދު ނަމަ 3 މާކްސް

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 3 އަހަރާއި 4 އަހަރާ ދެމެދު ނަމަ 4 މާކްސް

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 5 އަހަރާއި 6 އަހަރާ ދެމެދު ނަމަ 5 މާކްސް

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 7 އަހަރާއި 8 އަހަރާ ދެމެދު ނަމަ 6 މާކްސް

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 9 އަހަރާއި 10 އަހަރާ ދެމެދު ނަމަ 7 މާކްސް

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 11 އަހަރާއި 12 އަހަރާ ދެމެދު ނަމަ 8 މާކްސް

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 13 އަހަރާއި 14 އަހަރާ ދެމެދު ނަމަ 9 މާކްސް

* ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން ހިންގާ މުއްދަތު 15 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާނަމަ 10 މާކްސް

މީގެ އިތުރުން މުވައްޒިފުންގެ އަދަދު ތިނަކަށް ވުރެ މަދުނަމަ ފަސް މާކުސް ހަތަރު މުވައްޒިފުންނާއި ހަމަ މުވައްޒިފުން ހިމެނޭނަމަ ހަ މާކުސް އަދި ހަތް މުވައްޒިފުންނާއި ނުވަ މުވައްޒިފުން އުޅޭނަމަ ހަތް މާކްސް ދިނުމަށް ހިމަނާފައިވެ އެވެ.

މުވައްޒިފުންގެ އަދަދު 10 އަކާއި 12 އާ މެދު ހިމެނޭނަމަ 8 މާކްސް އަދި 19 އާއި 21 އާ ދެމެދު މުވައްޒިފުންގެ އަދަދު ހުރިނަމަ 11 މާކުސް ދިނުމަށް ހިމަނާފައިވެ އެވެ. މުވައްޒިފުންގެ އަދަދު 25 އާއި 27 އާ ދެމެދު ނަމަ 13 މާކުސް އަދި 28 އާއި 30 އާ ދެމެދު ނަމަ 14 މާކުސް ދިނުމަށް ހިމަނާފައިވެ އެވެ.

މުވައްޒިފުންގެ އަދަދު 31 އަށް ވުރެ އިތުރުނަމަ 15 މާކުސް ލިބޭނެ އެވެ.

މީގެ އިތުރުން މީޑިއާ ނުވަތަ މީޑިއާ ހައުސް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ގިނަވެގެން 15 މާކުސް ދިނުމަށް ހިމަނާފައިވެ އެވެ. ކޮންޓެންޓާއި ބާވަތާއި ބަލާ ހުށައަޅާ ޕްރޮޕޯސަލަށް 30 މާކުހާ ހަމައަށް ދިނުމަށް ކަނޑައަޅާ އުސޫލުގައި އެކަން ތަފްސީލުކޮށްފައިވެ އެވެ.އަދި މުވައްޒިފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ ވެސް މާކުސް ދޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.