ދާންދޫ ކައުންސިލް އިދާރާ.. ފޮޓޯ: ދާންދޫ ކައުންސިލް
ހަބަރު
27 Dec 2025 | 12:27
ދާންދޫ ކައުންސިލުން ކަރަންޓް ބިލް ނުދައްކައި، ފައިސާ ހަރަދުކުރީ ކުޅިވަރަށް: އޮޑިޓް

ގއ.ދާންދޫ ކައުންސިލް ކަރަންޓް ބިލް ދައްކަން ހުރި ފައިސާއިން ބިލްތައް ނުދައްކައި ކުޅިވަރަށް ހޭދަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފާހަގަކޮށްފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ގއ ދާންދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައެވެ. އޮޑިޓް އޮފީހުން ނެރެފައިވާ އެ ރިޕޯޓްގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނިޔަލަށް ކަރަންޓް ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 2.9 މިލިއަން ރުފިޔާ ނުދައްކާ ހުރިކަމަށާއި، ކަރަންޓް ބިލަށް ދައްކަންޖެހޭ ފައިސާ އެހެން ކަންކަމަށް ހަރަދުކޮށްފައިވާކަމަށެވެ.

ދާންދޫ ކައުންސިލުން 2021 ވަނަ އަހަރުން ފެށިގެން ކަރަންޓް ބިލްތައް ގަވާއިދުން ދައްކަމުން ގެންގޮސްފައި ނުވާކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓްގައި ވާގޮތުން ދާންދޫ ކައުންސިލުން ކަރަންޓް ފީގެ ގޮތުގައި 1،049،184 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، ނުދައްކާ ހުރި ކަރަންޓް ބިލްތަކަށް އެ ފައިސާ ދެއްކުމުގެ ބަދަލުގައި އެހެން ކަންކަމަށް ހޭދަކޮށްފައިވާކަމަށެވެ. އެގޮތުން ކުޅިވަރު މުބާރާތްތައް ހިންގުމަށް 747،166 ރުފިޔާ ނަގައި، ވަނީ ހަރަދުކޮށްފައެވެ.

މިކަމުގެ ސަބަބުން ކަރަންޓް ބިލްތަކަށް ފައިސާ ނުދެއްކި އަދި އެންމެފަހުން ބިލްތަކަށް ޖޫރިމަނާ އަރާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. 

މިކަން ލަފާކުރަން ދިން އިސްލާހުގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ، ކަރަންޓް ބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައި ނުވުމުން ޖޫރިމަނާގެ ގޮތުގައި ދައުލަތުން ފައިސާ ދައްކަންޖެހިފައިވާތީވެ، އެގޮތަށް އަމަލުކޮށްފައިވަނީ މަސައްކަތާ ހަވާލުވެފައިވާ މުއައްޒަފުގެ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނަމަ އެ މައްސަލަ ބަލައި އެފަރާތަކާމެދު ފިޔަވަޅު އަޅަންޖެހޭނޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.