ފައްތާޙް އާއި ރައީސް މުޢިއްޒު
ހަބަރު
31 Dec 2025 | 08:49
ފައްތާޙްގެ ޢާއިލާއަށް ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ރޭ ކުއްލި ގޮތަކަށް ނިޔާވި ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމާއި ގުޅިގެން އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. 

ހއ. ކެލާ, ކާނިގަސްދޮށުގޭ އަބްދުލްފައްތާހް ނިޔާވީ ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނިކޮށެވެ. ސްޓްރޯކް ޖެހި ހާލު ދެރަވީ ކެލާގައި ހުއްޓަ އެވެ. ވަގުތުން ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ފަރުވާ ދެނިކޮށް ވަނީ ނިޔާވެފަ އެވެ.

ފައްތާޙް ނިޔާވުމާއި ގުޅިގެން ރައީސް މުޢިއްޒު ކިރެއްވި ޕޯސްޓެއްގައިވަނީ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ، އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްاللهގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.

ފައްތާހް ނިޔާވީ އުމުރުން 54 އަހަރުގަ އެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ރޭ ފަތިސް ނަމާދަށް ފަހު ދިއްދޫ, މަސްޖިދުލް ޣުފްރާން -- ހުކުރު މިސްކިތުގަ އެވެ. ވަލުލާފައުވަނީ އެ ރަށު ދެކުނު ސަހަރާގަ އެވެ.

ފައްތާހްގެ ކުއްލި ވަކިވުމާއެކު ވަރަށް ގިނަ ބަޔަކު ދަނީ ހިތާމަކޮށް ތައުޒިޔާ ކިޔަމުންނެވެ. ފިލްމީ މަސައްކަތުން މުޅީން ދުރުވެ އަމިއްލަ ވިޔަފާރީގައި ކެލާގައި ދިރިއުޅޭތާ އަހަރުތަކެއްވީއިރު، އޭނާ ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާ ސަރުކާރު ހިންގާ ޕިއެންސީގެ ޓިކެޓް ވެސް ހޯދާފައެވެ.

އެގޮތުން އޭނާ ވާދަކުރަން ނިންމީ ކައުންސިލްގެ ރައީސްގެ މަގާމަށެވެ. އެކަމަށް އޭނާ ގެންދިޔައި ކެންޕެއިން މަސައްކަތް ވަރަށް ފޯރީގައި ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.