ޝެއިޚް ނައިފަރީއާ ވަޒީރު ޝަހީމް ބައްދަލުކުރެއްވުން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
31 Dec 2025 | 12:17
ޝެއިޚް ނައިފަރީ، އިސްލާމީ ވުޒާރާގެ ވާޢިޡު މުޝާރިކުގެ މަގާމަށް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަޢުވާ އެންޑް ގައިޑެންސް ސެކްޝަންގެ "ވާއިޒު މުޝާރިކް" މަޤާމަށް އައްޝައިޚް މުޙައްމަދު އިބްރާހިމް (ނައިފަރީ) ހަމަޖައްސަވައިފިއެވެ.

މި މަޤާމަކީ ރޭންކް 7 ގެ މަޤާމެކެވެ. މަގާމުގެ މުސާރައަކީ 14،225 ރުފިޔާއެވެ. 

އައްޝައިޚް މުޙައްމަދު އިބްރާހިމް އިއްޔެއާ ހަމައަށް ހުންނެވީ މަދްރަސަތުލް އިފްތިތާޙްގެ އިސްލާމް ޓީޗަރެއްގެ މަޤާމުގައެވެ. ނަމަވެސް، ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ޝައިޚް ނޯޕޭ ލީވްގައި ހުންނަވާތާ 4 އަހަރު ވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޝައިޚަކީ ޓީޗަރަކަށް ހުންނެވި އިރުވެސް އެ ވުޒާރާއާ ގުޅިގެން އަދި އަމިއްލަ ގޮތުންވެސް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރައްވާ އިލްމުވެރިއެއް ކަމަށެވެ. އެހެންވެ އެބޭފުޅާ އެއްވެސް އާމްދަނީއެއް ނުލިބި އެހާ ދުވަސް ހުންނަވާތީ އެ ވުޒާރާއިން އިސްނަގައިގެން ސިވިލް ސަރވިސް ކޮމިޝަންގައި ޝެއިޚްގެ ވަޒީފާ ބަދަލު ކޮށްދެއްވުމަށް އެދުނު ކަމަށްވެސް ބުންޏެވެ.

އަފި ސީއެސްސީން ޤާނޫނާއި ގަވާއިދުން ލިބިދޭ އިޚްތިޔާރުގެ ދަށުން އެ ވުޒާރާގެ އެދުމާއެކު އެކު ވަޒީފާ ބަދަލުކޮށްދިންކަންވެސް ފާހަގަކޮށްފައިވެއެވެ.

ވާޢިޡު މުޝާރިކުންނަކީ ދިވެހިންގެ މެދުގައި، އިސްލާމީ، ވަޙްދަތު ހިފެހެއްޓުމަނާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޢައްޔަނުކުރެވޭ ބޭފުޅުންނެވެ.

ވާޢިޡު މުޝާރިކުންނަކީ ދިވެހިންގެ މެދުގައި، އިސްލާމީ، ވަޙްދަތު ހިފެހެއްޓުމަނާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޢައްޔަނުކުރެވޭ ބޭފުޅުންނެވެ. މަގާމަށް އައްޔަނު ކުރާ މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ތަފާތު މީޑިޔާ ބޭނުންކޮށްގެން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވެ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކާ ގުޅިގެން، ކުރެވޭ ސުވާލުތަކުގެ ޖަވާބު ފޯރުކޮށްދިނުމާ، އިސްލާމްދީނާމެދު ކުރެވޭ ކުށްހީތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކުރުމާ، އެ ދިރާސާތައް ކުރުމުގައި އެހެނިހެން އިސްލާމީ، ޤައުމުތަކުގައި، އެފަދަ ކަންކަން ނިންމާފައިވާ ގޮތްތަކަށް ރިޢާޔަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން މީޑިޔާގެ ތަފާތު ވަސީލަތްތަކުން، އިސްލާމްދީނާ ބެހޭގޮތުން ފަތުރަމުންދާ ދޮގުވާހަކަތައް ދެނެގަނެ އެކަންކަމަށް ޖަވާބުދާރީވުމަށް، ބޭނުންވާ ދިރާސާކުރުންވެސް ހިމެނެއެވެ. 

ލޮލުގެ ފެނުން ގެއްލުނުފަހުންވެސް ޝެއިޚްގެ ދީނީ ދަޢުވަތު މެދު ކަނޑުވާނުލައި، މީސްމީޑިއާ މެދުވެރިކޮށް އަންނަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. 

އިސްލާމީ ވުޒާރާއިން ބުނީ ވާޢިޡުގެ މަޤާމުގައި ހުންނަވައިގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކުގައި ޝެއިޚް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޝެއިޚްއަށް އާމްދަނީ ލިބޭނެ މަގު ބަންދުވެ: ބޭސްފަރުވާ ކުރާނެ ގޮތެއްވެސް ނެތި ލަސްވެފައި ވަނިކޮށް ބޭސްފަރުވާގެ ކަންކަން ދިވެހިންގެ އެހީގައި ހަމަޖައްސައިދިނީ އެހީ ޖަމިއްޔާއިންނެވެ. އެ އެހީގައި ޝެއިޚް މިހާރު ތައްޔާރުވަމުން އަންނަނީ ލޮލުގެ ފަރުވާއަށް ބޭރަށް ފުރުމަށެވެ. 

ކޮމެންޓް
Abdulla Mohamed
އެވަރުވީމަތަ އެގެނީ ތަންދޮރުދަންނަ މީހުންގެ އަގު ވަޒަންކުރަން . ކުރުމުއްދަތެއްނޫން 17 އަހަރަކީ . ލޯބޯ ކޮށިވެ ނުކުޅެދުންތެރިން ކަމެއް ހުރިނަމަވެސް އެގިހުރިއިލްމެއް ފޯރުކޮއްދެވޭނެ.
31 Dec 2025
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.