ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
31 Dec 2025 | 13:58
ސިވިލް ސާވަންޓުން ހެދުން އަޅާގޮތް އިސްލާޙްކުރުމުން ފައްޔާޒުގެ ނުރުހުން: ”އެއީ ޒާތީ މިނިވަންކަން ފޭރިގަތުން“

ސިވިލް ސާވިލް މުވައްޒަފުން ހެދުން އެޅުމުގެ ޤަވާއިދު އިސްލާހް ކުރުމުން ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި ކުރީގެ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ނުރުހުންފާޅުކުރައްވައިފިއެވެ.

ސިވިލް ސާވަންޓުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފައިވާއިރު، އެކަމަށް ފާޑުވިދާޅުވެ، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ހުރިހާ ކަމެއް ކުރައްވަމުން ދަނީ ހުދުމުހުތާރުކަން ދައްކަވައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށްކަމަށެވެ.

ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ދަށުން. ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެނެއް ނޫން. ބޭނުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ ޒާތީ މިނިވަންކަން ފޭރިގަތުން.

ފައްޔާޒު އިސްމާޢީލް

މިއާއެކު ފައްޔާޒު ވިދާޅުވީ، ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރު ބައެއް ކަމަށް ދެކިގެން އެ މީހުންގެ ޒާތީ ކަންކަމާ ބެހި އޮބިހެއްޓޭނެ ކަމަށް ސަރުކާރުން ދެކިގެން ނުވާނެ ކަމަށެވެ.

އަދިގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމުކަމަށްވެސް ވިދާޅުވިއެވެ. 

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާ ބެހޭ ޤަވާއިދު އިސްލާހްކޮށް މިއަދު ވަމީ ގެޒެޓްކޮށްފައެވެ.

މި ގަވާއިދުގައިވަނީ އަންހެން އަދި ފިރިހެން މުވައްޒަފުން ވެސް ރަސްމީ މަސައްކަތަށް ނުކުންނަ އިރު ހެދުން ހުންނަން ޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްދީފަ އެވެ. 

އޭގައި ވާގޮތުން، ފިރިހެން މުވައްޒަފުން ރަސްމީ ގަޑީގައި އަދި ރަސްމީ މަސައްކަތްތަކުގައި އަތްދިގު ގަމީހާއި އަތްކުރު ގަމީހާ އެކު ދަށަށް ޖަހައ،ި ޓައީ ބޭނުންކުރަން ވާނެއެވެ. އަދި ޓައީގައި އަހުލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސްތަކާއި މަންޒަރާއި ކުރެހުން އަދި ކާޓޫނު ނުވަތަ ފޮޓޯ ފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ.

އަދި ފާޅުކަން ބޮޑު މޭކަޕު ކުރުމާއި އަނގޮޓި ފިޔަވައި އެހެން ގަހަނާ ބޭނުންކުރުމަކީ ފިރިހެން މުވައްޒަފުންނަށް ހުއްދަ ނުވާނެ ކަމަށާ އެއްވެސް ގުނަވަނެއްގައި ގަހަނާއަކަށްވާ އެއްޗެއް ލާފައި ހުރުމަކީވެސް ހުއްދަ ކަމެއް ނޫންކަމަށް ބުނެފައުވެއެވެ.

އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުގެ ތެރޭގައި ހިމެނޭ ކަންކަމަކީ؛

• ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފު ނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް.

• އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮއްޓާއި ދެމެދަށް ވުރެ ކުރުނުވާ ގޮތަށް. އަތްދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށް.

• ހެދުމުގެ މަތީބައި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން ކުރިމަތިން ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ ފަޅާފައި ހުންނަބައި ހުންނަން ވާނީ މައްޗަށް އަތް ދަމާލުމުން އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް. އެ ހެދުމުގެ ދިގު މިން ހުންނަން ވާނީ ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް.

• އިސްތަށިގަނޑު ބަހައްޓަން ވާނީ ރީތިކޮށް ކަމަށާއި އެކަމަކު ކަޅު ފިޔަވައި ފާޅުކަން ބޮޑު ކުލަ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަ ކަމެއް ނޫން.

ކޮމެންޓް
ބަފާ
ބަލަގަ ފައްޔާޒޫ. ޒާތީ މިނިވަންކަން ދޯ އޮރިއާމުން އުޅުމަކީ ވެސް.
31 Dec 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.