ނިމާލް --
ހަބަރު
31 Dec 2025 | 23:53
ފިލްމީ ތަރި ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި، ޙާލު ވަރަށް ދެރަ

މަޝްހޫރު ފިލްމީ ތަރި އަހްމަދު ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދޭން ފެށީ މީގެ އިރުކޮޅެއްގެ ކުރީންނެވެ. މިވަގުތު ދަނީ އޭޑީކޭގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ހާލު ވަރަށް ދެރަ ކަމަށް އެނގިފައިވެ އެވެ. އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ ސައިކަލުގައި ދުއްވާފައި ދަނިކޮށް އުނދަގޫތަކެއް ވާތީ މަޑުކޮށްލިތަނާ އެވެ. 

ނިމާލަކީ ފިލްމީ ދާއިރާގެ އެންމެ މޮޅު އެކްޓަރެވެ. މިވަގުތު މި ދާއިރާގައި ހުރި އެންމެ ތަޖުރިބާކާރު އެކްޓަރަކީ އޭނާ އެވެ. ފިލްމީ މަސައްކަތުގައި ނިމާލް ހަރަކާތްތެރިވާތާ 42 އަހަރު ވެއްޖެ އެވެ. އޭނާ އެންމެ ފުރަތަމަ ފިލްމީ މަސައްކަތާއި ގުޅުނީ 1984 ގައި ފިލްމު "ނުފޫޒު" އިންނެވެ.

އޭގެ ފަހުން ތިރީހަކަށް ފީޗާ ފިލްމު ކުޅެފައިވެ އެވެ. އަދި ތޭވީހަކަށް ފިލްމު ޑައިރެކްޓް ކޮށްފައިވެ އެވެ. 

ނިމާލަކީ ހުރިހާ ޕްރޮޑިއުސަރުންނާއި ވެސް ވަަރަށް ގާތްގުޅުމެއް ބާއްވާ ފިލްމީ ދާއިރާގެ އެންމެ އެކުވެރި އެއް ތަރިއެވެ. ނިމާލުގެ ފަހަތުން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޖުމައްޔިލް ނިމާލު ވެސް ވަނީ ފިލްމީ ދާއިރާއާ ގުޅިފަ އެވެ. އެއީ މިހާރު މި ދާއިރާގެ އެންމެ ކުޅަދާނަ އެކްޓަރެވެ.

ނިމާލްގެ އަންހެނުން, ފާތިމު ރަމީޒާ އަކީ ވެސް ފިލްމީ ދާއިރާއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ތައުލީމީ ދާއިރާގައި ވަަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ އަދިވެސް އެ ދާއިރާގައި ދެމި ހުރި ރަމީޒާ ފިލްމީ ދާއިރާއާ ދުރުވީ ފަހުން އެތައް އަހަރެއް ވެއްޖެ އެވެ.

ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލު ކަމެއް ލިބުނު އެއް ފިލްމަކީ އޭނާގެ އަންހެނުން ފާތިމަތު ރަމީޒާ އާއެކު ކުޅުނު "ސިޓީ" އެވެ. އެއީ ނިމާލްގެ ފުރަތަމަ ޑައިރެކްޝަނެވެ. އެ ވާހަކަ ލިޔުނީ ވެސް ނިމާލް އެވެ. އޭނާ އަކީ ވަރަށް މޮޅު ލިޔުންތެރިއެއްވެސް މެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.