ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު--ފޮޓޯ/ވޮއިސް
ހަބަރު
01 Jan 2026 | 08:40
2026 ވަނަ އަހަރު ޒުވާން ޚަޠީބުންގެ އަދަދު 1 ހާހަށް ވާޞިލްވާނެ: ޑރ. ޝަހީމް

2026 ވަނަ އަހަރު ޒުވާން ޚަޠީބުންގެ އަދަދު 1000 އަށް ވުރެ މަތިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓުގައި މި އަހަރަުގެ ތެރޭގައި އެ ވުޒާރާއިން ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކަށްވެސް ވަޒީރު ވަނީ އަލި އަޅުވާލާފައެވެ.

އެގޮތުން 2026 ވަނަ އަހަރު ޒުވާން އިމާމުންނާއި ޒުވާން ޚަޠީބުންނާއި ޙާފިޒުންގެ ޤައުމީ މަހާސިންތާ ބޭއްވިގެންދާނެކަމަށާއި، އިސްލާމީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ މުއައްސަސާތަކުގެ 10 އަހަރުގެ އިސްތިރާޖީ ޕްލޭން އެކުލަވައިލެވިގެންދާނެކަމަށާއި، ރައީސް އިޢުލާންކުރައްވާފައިވާ ޤުރުއާނަށް ޚާއްޞަ ވަޤުފު ބިލްޑިންގ މަޝްރޫޢު އަމަލީ ގޮތުން ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން ހުޅުމާލެ ފޭސް 1/2 ގައި 5 ދާއިމީ މިސްކިތް ހުޅުވި، އިތުރު 4 މިސްކިތެއްގެ މަޝްރޫޢު ފެށި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކާއި ސެންޓަރުތަކާއި ވަޤުފު މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމާއި  ޒަކާތު ފަންޑާއި ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތައް އިތުރުވެ، އަލަށް އެކުލަވާލެވުނު ޒަކާތު ޤާނޫނަށް ޢަމަލުކުރެވިގެންދާނެކަމަށާއި، ޒަކާރު ބެނެފިޝަރީ ކާޑު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ފޯރުކޮށްދީ، އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަކުރެވިގެންދާނެކަމަށް ވެސް މި ޓްވީޓުގައި ވަޒީރު ވިދާޅުވިއެވެ.

އަދި 2026 ގައި  ހާފިޒުން އުފެއްދުމުގެ މަޝްރޫޢު ފުޅާކުރެވި، ރާއްޖޭގެ ޙާފިޒުންގެ އަދަދު 300 އިން މަތިވެގެންދާނެކަމަށާއި، ގިނަ ޢަދަދެއްގެ އިލްމީ ރިފަރެންސް ފޮތްތަކުގެ ދިވެހިތަރުޖަމާ ނެރެވި، ޤުރުއާން މަރުކަޒުގެ ގިނަ ގޮފިތައް ހުޅުވާ، ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވައުދުތަކަށް އިތުރު ފުރިހަމަކަންލިބިގެންދާނެ އަހަރެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

އިސްލާމީ ކަންތައްތަކާއިި ބެހޭ ވުޒާރާއިން މިހާރު ވަނީ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވާލާ އާއްމު ކޮށްފައެވެ. މި އެކްޝަން ޕްލޭންގައި އެ ވުޒާރާގެ މިއަހަރުގެ މުހިންމު ލަނޑުތަނޑިތައް ތަފްސީލުކޮށް ހިމަނާފާއިވެއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.