ޢަބްދުﷲ ޝާހިދު...
ހަބަރު
01 Jan 2026 | 16:40
އަހަރުގެ ފުރަތަމަ އަމާޒަކަށް ވާންވީ، ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ބަލިކުރަން: ޝާހިދު

އާ އަހަރުގެ ފުރަތަމަ އަމާޒަކަށް ވާންވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުން ވެރިކަން ކުރާ ޕީއެންސީ ބަލިކުރަންކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ މުނާށަބަތުގައި ކުރީގެ ފޮރިން މިނިސްޓަރިކަންވެސް ކުރެއްވި ޝާހިދު، މީސްމީޑިއާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އިންތިހާބުގައި ދޮގާއި، މަކަރާއި ހީލަތާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނަމޭ ބުނެ، ޕީއެންސީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެ، ޕީއެންސީ ސަރުކާރު ބަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އަޅާ އަހަރަށް ހަދަންޖެހޭކަމަށެވެ.

ޝާހިދު ވިދާޅުވީ މި އަހަރަކީ ރައްޔިތުންނާ އަނެއްކާވެސް ބައްދަލުކުރާ ރަނުގެ ފުރުސަތެއްކަމަށާއި، މިއީ މިސަރުކާރުން އަވަދިކޮށްލި ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމަށް ޢަޒުމު އާކުރާންވީ ވަގުތުކަމަށެވެ. އެގޮތުން މިއީ ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ޙާލުގަ ޖެއްސުމަށް މި ސަރުކާރުން ތަންފީޒު ކުރަމުންދާ ނޭއްގާނީ ސިޔާސަތުތަކަށް ފާޅުގަ ނޫނެކޭ ބުނަންވީ ވަގުތުކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މިއީ ހައްގުތަށް ކަށަވަރުކުރުމަށް ތެދުވަންވީ ވަގުތުކަމަށާއި، މިއީ ޑިމޮކްރަސީ އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތުކަމަށެވެ. ހަމައެއެއާއެކު، މިއީ ދިވެހި ގައުމުގެ ދިފާޢުގައި ބަހާއި ޢަމަލުން ސާބިތުވާންވީ ވަގުތުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ފާހަގަކުރެވުނީ ދިވެހި ތާރީޚުވެސްދެކެފައި ނުވާފަދަ ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ސަރުކާރުންހިންގި އަހަރެއްގެ ގޮތުގައިކަމަށާއި، އެގޮތުން ޤާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިޢުލާން ކުރުމަކާ ނުލާ، ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ބަހާލިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުން ސަރުކާރުގެ އާއްމުކަމަކަށް ވެއްޖެކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދިން ޢަދުލު އިންސާފުގެނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މިސަރުކާރުން ނަގާލާފައިވާކަމަށެވެ.

ޤާނޫނުއަސާސީއަށް ޣައިރު ގާނޫނީ ބަދަލުތައް ގެނެސް، ނުޙައްގުން ފަނޑިޔާރުން މަޤާމުން ވަކިކޮށް، ރައްޔިތުންގެ މަޖިލިހުގެމެމްބަރުން އަޅުވެތިކޮށް، މިނިވަން މުވައްސަސާތަކުގެ އިސް މަޤާމްތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް، ދިވެހި ދަޢުލަތުގެ ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ޕީ.އެން.ސީގެ ސަރުކާރުން ނެތިކޮށްލާފައިވާކަމަށް ވިދާޅުވެ ޝާހިދު ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ނޫސްވެރިކަން ހިސޯރުކޮށް މިނިވަން މީޑިޔާގެ ފުރުސަތު ހަނިކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.