ނިމާލްއާ ފައްތާހް --
ރިޕޯޓް
01 Jan 2026 | 19:21
ފައްތާހްއާ ނިމާލް: ނިމާލްގެ ހިތާމައަކީ އަވަސް ފަރުވާގެ ހިދުމަތް ނެތީތީ

ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ އިރޮއޮއްސުމާއި ހަމައަށް ވެސް ކުރީގެ ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހް އޭނާގެ އުފަން ރަށް ހއ. ކެލާގައި އުޅުނީ އައު އަހަރުގެ ހަރަކާތްތަކަށް ތައްޔާރުވުމުގަ އެވެ. ދޭތެރެ ދޭތެރެއިން ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކެމްޕެއިން ފެށުމުގެ ބައެއް މަސައްކަތުގައިވެސް ބައިވެރިވަމުން ދިޔަ އެވެ. ފައްތާހު އަކީ ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކެންޑިޑޭޓެކެވެ. 

އިރޮއޮއްސުމަށް މަސައްކަތް ނިންމާލުމަށް ފަހު ފައްތާހު އެނބުރި ގެއަށް ދިޔައީ މަޣްރިބު ނަމާދަށް ތަައްޔާރުވުމަށެވެ. ނަމާދުގެ ޖަމާއަތަށް ވަރަށް ފަރުވާތެރިކަަން ބަހައްޓަމުން އައި ފައްތާހަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެ ހާލު ދެރަވި އެވެ. ހާޓް އެޓޭކެއް ޖެހުނީ އެވެ.

ފަރުވާއަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވީ އެވެ. ދިވެހީންގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ އެކުވެރި ފައްތާހުގެ ވަކިވުމާއެކު މުޅި ރާއްޖެއަށް ލިބުނީ ޝޮކެކެވެ. ބޮޑު ހިތާމަ އެކެވެ. ހާއްސަކޮށް އާއިލާއާ އެކުވެރީންނަށެވެ. ފައްތާހުއާއެކު ފިލްމީ މަސައްކަތުގައި ކުރީން އުޅުނު މީހުންނަށެވެ.

އޭގެ ތެރެއިން އެކަކީ ކުޅަދާނަ އެކްޓަރު, ޑައިރެކްޓަރު އަހްމަދު ނިމާލް އެވެ. ފަައްތާހްގެ ކުއްލި ވަކިވުމާއެކު އޭނާގެ ފޮޓޯއެއް ހިމަނާ ނިމާލް ދިގު ޕޯސްޓެއް ކޮށްފައިވެ އެވެ. އެ ޕޯސްޓްގައި ފައްތާހުއާއެކު ކުރެވުނު މަސައްކަތްތައް ހިމަނާފައިވެ އެވެ. ފައްތާހްގެ ފިލްމެއް ޑައިރެކްޓް ކުރަން ލިބުނު ވާހަކަ އެވެ. އެއީ ފިލްމު "ވާލޯބި އެނގޭނަމަ" އެވެ. އެ ފިލްމަށް ފިލްމު އެވޯޑްސްގައި 12 އެވޯޑް ލިބުނެވެ. އަދި އޭނާއާ އޮތް ގާތްކަން ބަޔާންކޮށްފައިވެ އެވެ. އަދި ވަކިވެ ދިއުމުގެ މައްޗަށް ވަރަށް ހިތާމަކޮށްފައިވެ އެވެ.

އޭގެ ފަހުން ވެސް ނިމާލަށް ފައްތާހުގެ ހަނދާންތަކާއި ދުރަކަށް ނުދެވުނެވެ. އިތުރު ދެ ޕޯސްޓެއް ކުރީ އެހެން ވެގެންނެވެ. އެ ދެ ޕޯސްޓްގައި ވެސް ނިމާލްގެ އެންމެ ބޮޑު ހިތާމައަކާއި ކަންބޮޑުވުމަކަށްވީ އަވަސް ފަރުވާ ދެވޭނެ ގޮތް ނެތުމެވެ.

"ފައްތާހު ކެލާއިން ދިއްދޫއަށް ގެންދަން ޖެހުނީ ކީއްވެބާ. ކެލާގައި އެ ވަރުގެ އަވަސް ފަރުވާގެ ހިދުމަތް ދެވޭން ނެތީމާ. މިއީ ދެރަ ކަމެއް," ފަރުވާ އަވަސްވެ ފައްތާހުގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އާކޮށް ނިމާލް ލިޔެފައިވެ އެވެ.

ފައްތާހްގެ ވަކިވުމާއެކު ނިމާލް ކޮށްފައިވާ ތިން ޕޯސްޓް

ތިންވަނަ ޕޯސްޓްގައި ނިމާލް ވަނީ ހެލްތް ދާއިރާ ފެއިލްވެފައިވާކަން ފާހަގަކޮށްފަ އެވެ.

"މިއީ 2025. އަބްދުލްފައްތާހަށް ސްޓްރޯކެއް ޖެހިގެން ކެލާއިން ދިއްދޫއަށް ގެންދަން ޖެހޭތަ. ކެލާގައި އެވަރުގެ ހިދުމަތެއް ދެވެން ޖެހޭނެ," ނިމާލް ލިޔެފައިވެ އެވެ.

ނިމާލަށް ސްޓްރޯކެއް ޖެހި, މަރާ ހަނގުރާމަ

ނިމާލްގެ މި ޕޯސްޓަށް 24 ގަޑިއިރު ނުވެ އެވެ. ނިމާލަށް ރޭ ވަނީ ސްޓްރޯކެއް ޖެހިފަ އެވެ. ރޭ 10 ގެ ފަހުން ސައިކަލުގައި ދަނިކޮށް އުނދަގޫތަކެއް ވާތީ މަޑުކޮށްލި އެވެ. ކުއްލިއަކަށް ވެއްޓުނީ އެވެ. 

ވަގުތުން އޭޑީކޭއަށް ގެންދެވި ފަރުވާ ފެށުނެވެ. ނަމަވެސް ހާލަތު ވަރަށް ސީރިއަަސް އެވެ. މިވަގުތު ވަނީ އޭޑީކޭ އިން އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ނިމާލް ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

ނިމާލަށް ދިމާވި މި ހާލަތާއެކު އަނެއްކާ ވެސް ރާއްޖެއަށް މި ލިބުނީ ބޮޑު ހިތާމަ އެކެވެ. އާއިލާއާ އެކުވެރީންނާއި ފިލްމީ ދާއިރާގެ މީހުންނާއި ސަޕޯޓަރުންނަށެވެ. އެންމެންގެ ހެޔޮ ދުއާ ވަނީ ކުޅަދާނަ އެކްޓަރާ އެކު އެވެ. ނިމާލަށް އަވަސް ޝިފާއެއް ލިބުމަށެވެ.

ފައްތާހްގެ ވަކިވުމާއެކު ނިމާލް ކޮށްފައިވާ ތިން ޕޯސްޓް

ސްޓްރޯކެއް ޖެހި މިވަގުތު ސީރިއަސް ހާލަތެއްގައި އޮތް ނަމަވެސް ނިމާލްގެ އެންމެ ފަހުގެ ވާހަކަތަކާމެދު އަޅުގަނޑުމެން ކޮންމެ މީހަކު މިއަދު ވިސްނާލަން ޖެހެ އެވެ. ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރަން ޖެހެ އެވެ. އަވަސް ފަރުވާ ލިބޭނެ އިންތިޒާމު ހުރިހާ ރަށެއްގައި ހަމަޖެހެން ޖެހެ އެވެ. 

އަވަސް ފަރުވާ ބޭނުންވާ ކޮންމެ ފަހަރަކު އަތޮޅުގެ ވެރިކަން ކުރާ ރަށަށް ގެންދަން ޖެހޭ ޖެހުން ނިމުމަކަށް އަންނަން ޖެހެ އެވެ. އަދި ބަލިވުމުގެ ކުރީން ދުޅަހެޔޮ ކަމުގައި ހުރުމާއި ސިއްހީ އެއްވެސް މައްސަލައެއް ކިރިޔާވެސް ފާހަގަ ކުރެވިއްޖެނަމަ ވީހާވެސް އަވަހަށް ފަރުވާ ހޯދާ ބަޔަކަށް ވާން ޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.