ކުރީގެ ރައީސް މައުމޫން --
ހަބަރު
01 Jan 2026 | 21:08
މައުމޫންގެ ސުވާލެއް: އާއަހަރުގެ މެސެޖަކީ ހެއްދެވި ނެހެއްދެވިޔަށް ގޮވުމަށް ލިބޭ ފުރުޞަތެއްބާ؟

އާ އަހަރުގެ މެސެޖަކީ އެއްބަޔަކު އަނެއް ބަޔަކަށް ހެއްދެވި ނެހެއްދެވިޔަށް ގޮވުމަށް ލިބޭ ފުރުސަތެއްތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފި އެވެ.

އެމަނިކުފާނު އެ ސުވާލު ކުރެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ވަނީ އާ އަހަރުގެ މެސެޖަކީ އެއްބަޔަކު އަނެއް ބަޔަކަށް ހެއްދެވި ނެހެއްދެވިޔަށް ގޮވުމަށް ލިބޭ ފުރުސަތެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ތަސައްރަފު ފުދޭ ބަޔަކަށް ވާން ނުޖެހޭތޯ ސުވާލު ކުރައްވާފައިވެ އެވެ.

މީގެ އިތުރުން އެކަކު އަނެކަކަށް ކަމާހިތާ ތަހުޒީބު ބަޔަކަށް ވާން ނުވޭތޯ ވެސް ސުވާލު ކުރެއްވި އެެވެ.

"އަޅުގަނޑުމެން ތަންކޮޅެއް ތަސައްރުފު ފުދޭކަށް ނުވޭބާ؟ ހަމަޖެހިލައިގެން އެކަކު އަނެކަކަށް ކަމޭހިތާ ތަހުޒީބު ބަޔަކަށް ވާކަށް ނުވޭބާ," ރައީސް މައުމޫންގެ ޕޯސްޓްގައި ވެ އެވެ.

ރައީސް މައުމޫން އެފަދަ ޕޯސްޓެއް ކުރެއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

ދިވެހި މުޖްތަމައުގެ ހާލަތު މިހާރު އޮތް ގޮތާމެދު ގިނަ ބަޔަކު ވަރަށް ކަންބޮޑުވެ އެވެ. ޚާއްސަކޮށް ބައެއް މީހުން އެއް ބަޔަކު އަނެއް ބަޔަކަށް މުޚާތަބު ކުރުމުގައި ގެންގުޅޭ ދެރަވަރު ބަސްމަގު ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. 

އަދި ތިމާ ނުރުހޭ ކޮންމެ މީހަކާ ދިމާކުރުމާއި ހިތަށް އެރިހާ ތުހުމަތެއް ކުރުމާއި އެ ނޫން އެފަދަ އެތައް ކަމެއް ވަނީ ހައްދުފަހަނައަޅާފަ އެވެ.

ކޮމެންޓް
އާދަމް
މައުމޫނުމެން ލައްކައިން ފައިސާ ދައުލަތު ބަޖެޓުން ކާއިރު ރައްޔިތުން ނުކައި ތިބޭނަން އެނގި ހުރެ އެކަންހުއްޓާލައިކަށް ނުވޭތޯއެވެ.
01 Jan 2026
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.