އައިޝާ އިސާ-
ދުނިޔެ
02 Jan 2026 | 09:37
އޮޅިގެން އެކައުންޓަށް ޖަމާވި 330 މިލިއަން ނައިރާ އަނބުރާ ރައްދުކޮށްދިން މީހާއަށް ގިނަބައެއްގެ ލޯބި

ނައިޖީރިއާގެ ނައިޖާ ސްޓޭޓްގެ ލަޕާއީގައި ކުޑަ ވިޔަފާރިއެއް ކުރާ އަންހެނެއްގެ ބޭންކު އެކައުންޓަށް އޮޅިގެން ޖަމާވި 330 މިލިއަން ނައިރާ (ގާތްގަނޑަކަށް 228,000 ޑޮލަރު) އަނބުރާ ރައްދުކޮށް، ތެދުވެރިކަމުގެ ނަމޫނާ ދައްކައިފިއެވެ.

އައިޝާ އިސާ ޔެލްވާ ނަމަކަށް ކިޔާ މި އަންހެން މީހާއަށް އޭނާގެ ފަސްޓް ބޭންކް އެކައުންޓަށް މިހާ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައި ހުރިކަން އެނގުނީ، މިދިޔަ ހޯމަ ދުވަހު (29 ޑިސެމްބަރު 2025) ގެ މެންދުރުފަހު 3:49 ހާއިރު އޭނާގެ އެކައުންޓް ބެލެންސް ޗެކްކުރި ވަގުތުއެވެ.

އައިޝާ ބުނި ގޮތުގައި އޭނާ އެކައުންޓް ޗެކްކުރީ، އޭނާގެ ވިޔަފާރި ކުރިއެރުވުމަށް މީގެ ކުރިން ނަގާފައިވާ ލޯނުތަކަކާ ގުޅިގެން، ބޭންކުން ތަކުރާރުކޮށް އެކައުންޓުން ފައިސާ ކަނޑަމުންދާތީ އެކަމުގެ ޝަކުވާ ހުށަހެޅުމަށްފަހު އެ މައްސަލަ ހައްލުވެފައިވޭތޯ ބެލުމަށެވެ. ނަމަވެސް އެކައުންޓް ބަލައިލިއިރު، އޭނާގެ މުޅި އުމުރުގައިވެސް އަތްނުލާހާ ގިނަ އަދަދެއްގެ ފައިސާ އެކައުންޓުގައި ހުރުމުން އޭނާ އަށް ލިބުނީ ބޮޑު ސިހުމެކެވެ.

މި ފައިސާ ޖަމާވިކަމުގެ އެއްވެސް މެސެޖެއް ނުވަތަ އެއީ ކޮން ފަރާތަކުން ޖަމާކުރި ފައިސާއެއްކަން އެނގޭނެ އެއްވެސް މަޢުލޫމާތެއް ފެންނާކަށް ނެތެވެ.

"އެއީ ބޭންކުގެ ޓެކްނިކަލް އެރޯ އެއްތޯ ޔަގީންކުރުމަށްޓަކައި އަހަރެން އެ އެކައުންޓުން އެއް މިލިއަން ނައިރާގެ މުއާމަލާތެއް ކުރިން. އެކަމަކުވެސް އެއްވެސް އެލާޓެއް ނައުމުން އަހަރެން މާ ބޮޑަށް ކަންބޮޑުވެ ހާސްވި،" ލަޕާއީ ޓީވީއަށް ދިން އިންޓަވިއުއެއްގައި އައިޝާ ބުންޏެވެ.

އެ ރޭ ހިމޭނުން ހުރުމަށްފަހު، އަންގާރަ ދުވަހު ހެނދުނު އައިޝާ ވަނީ އޭނާގެ ވަކީލަކާއެކު ފަސްޓް ބޭންކުގެ ލަޕާއީ ބްރާންޗަށް ގޮސް އެކަން ރިޕޯޓްކޮށްފައެވެ.

ބޭންކުގެ ބްރާންޗް މެނޭޖަރު ވަނީ އައިޝާގެ ތެދުވެރިކަމަށް ތައުރީފުކޮށް، އެއީ ސިސްޓަމަށް ދިމާވި މައްސަލައަކުން ވީ ކަމެއްކަން ކަށަވަރުކޮށްދީފައެވެ. އަދި ބޭންކުން ވަނީ ވަގުތުން އެ މުއާމަލާތް ރިވާސްކޮށް، ފައިސާ އަނބުރާ ގެންގޮސްފައެވެ.

އައިޝާގެ މި އަމަލާ ގުޅިގެން އާންމުންގެ ބައެއް މީހުން އެ ފައިސާ ބޭނުންނުކޮށް އަނބުރާ ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން، އޭނާ ބުނީ އޭނާގެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ފައިސާ އަނބުރާ ދެވުމުން ވަރަށް އުފާވޭ. އަހަރެން މިއީ މައެއް. އަހަރެންގެ ދަރިންގެ މުސްތަގުބަލަކީ އަހަންނަށް އެންމެ މުހިންމު އެއްޗަކީ. މާލީ ގޮތުން ކިތަންމެ ދަތިތަކެއް ހުރި ނަމަވެސް، އަހަރެންގެ އަމިއްލަ އެއްޗެއް ނޫން އެއްޗެއްގައި ހިފާކަށް ބޭނުމެއް ނޫން،" އައިޝާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބޭންކުން ވަނީ އައިޝާއަށް އެއްވެސް ގާނޫނީ ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއަދުގެ ދުނިޔޭގައި މާލީ ދަތިތަކުގެ ސަބަބުން ގިނަ ބަޔަކު ނުބައި މަގުތަކުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އައިޝާ ދެއްކި މި ތެދުވެރިކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ވަނީ އޭނާއަށް ލިބުފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.