އެވިޑް ކޮލެޖްގެ ކެމްޕަސްއެއް.. ފޮޓޯ: އެވިޑް
ހަބަރު
03 Jan 2026 | 19:24
އެވިޑް ކޮލެޖުން އުސޫލްތަކާ ހިލާފަށް ލަންކާގައި ކޯސްތަކެއް ހިންގި މައްސަލައެއް

ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑުން އަވައްޓެރި ލަންކާގައި ޤަވާއިދާހިލާފަށް ކޯސްތަކެއް ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކޮލިފިކެޝަން އޮތީރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެވިޑުން އެ ޕްރޮގްރާމްތައް ލަންކާގައި ހިންގާފައިވަނީ އެ އޮތޯރިޓީގެ އުސޫލްތަކާ ހިލާފަށްކަމަށެވެ. އެގޮތުން އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް ޤަވާއިދު ސްރީލަންކާގެ "އެމަޒޯން ކޮލެޖް" އަދި "އަލްޒެޓް ޔުނިވަރސިޓީ" ވަކި ޤައުމެއްކަން ނޭނގޭ އެތަނުގައި ޕްރޮގްރާމްތައް ހިންގައި، ދަރިވަރުންނަށް އެވިޑުން ސަނަދު ދީފައިވާކަމަން އެމްކިއުއޭއިްނ ފާހަގަކުރިއެވެ.

އެމްކިއުއޭއިން ބުނީ  މިކަން ފާހަގަކުރެވިފައިވަނީ، އެ ޕުރޮގުރާމުތައް ފުރިހަމަކޮށް ގްރެޖުއޭޓްވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސަނަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި، އެކި ޤައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް ކޮލެޖުން އެ އޮތޯރިޓީއަށް ޙިއްޞާކޮށްފައިވާ މަޢުލޫމާތުތަކުންނެވެ.

މީގެ އިތުރުން  ސްރީލަންކާގެ "ޗެސްޓަރ ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް"ގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގުމަށް އިޝްތިހާރުކޮށް އިޢުލާންކޮށްފައިވާކަންވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެގޮތުން އެތަންތަނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން" ގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫންކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެމްކިއުއޭއިން ބުނީ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް 2024 ވަނަ އަހަރުގެ އޮަގަސްޓްމަހުގެ 29 ވަނަ ދުވަހުން ފެށިގެން ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށް އާއިއިރުވެސް އެވިޑް ކޮލެޖުން ދީފައިވާ ނަސޭހަތާ ހިލާފަށް ކަންކަން ކުރަމުން އައިސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެމްކިއުއޭއިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ޤާއިމްވެފައިވާ އިތުބާރާއި ޔަޤީންކަމަށް އިޢާދަނުކުރެވޭފަދަ ގެއްލުންތައް ލިބޭނޭކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ދެމިއޮންނަ ގާތް އެކުވެރި ގުޅުމަށް ހީނަރުކަން އަންނާނެކަން ވަނީ ފާހަގަކޮށްފައެވެ.

އެމްކިއުއޭއިން ވަނީ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް އަންގާފައެވެ. ހަމަ މިއާއެކު އެއޮތޯރިޓީން ވަނީ އެވިޑްކޮލެޖަށް އެފަދަ ކަންކަން ނުކުރުމަށްވެސް ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ