އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ޤާސިމް: ފޮަޓޯ/ އައިޔޫއެމް
ހަބަރު
03 Jan 2026 | 21:11
''ޢައުރަ ނިވައިކުރުމުގެ ކަންކަމަކީ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތި ކަންތައްތަކެއް''

‏އައުރަ ނިވާކުރުމަށް މަގުފަހިވާނެ ކަންކަމަކީ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތި އުނދަގޫ ކަމެއް ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ޤާސިމް ވިދާޅުވެއްޖެއެވެ. 

ޑރ ޢަލީ ޒާހިރު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢައުރަ ނިވައި ކުރުމަށް ދީނުގައި ބާރު އަޅާފައިވާއިރު އެކަމަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ ޙަޤީޤީ މުސްލިމުން އެކަމަށް އުފާކުރާނެ ކަމަށެވެ. 

‏”އެހެނެއްކަމަކު ދީނުގެ ދުޝްމަނުންނަށް އެކަންވާނީ ހަޖަމްކުރަން ދަތި އުނދަގޫ ކަމަކަށެވެ.“ ޝެއިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޝެއިޚް މިފަދައިން ވިދާޅުވެފައިމިވަނީ ދާދިފަހުން ސިވިލްސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުގައި އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑާއި ބޮލުގެ އިސްތަށިގަނޑު ހުންނަންޖެހޭ ގޮތަށް ގެނެވުނު ބަދަލާއިގުޅިގެން އިދިކޮޅު އެމްޑީޕީއާއި އެޕާޓީގެ އިސްވެރިން ސަރުކާރަށް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. 

އެގޮތުން ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުއައްޒަފުން ހެދުން އެޅުމުގައި އަލަށް އެކުލަވާލި މިންގަނޑުތަކަށް ބަލާއިރު، އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު އަޅާހެދުން ހުންނަންޖެހޭނީ ބުޑު ނިވާވާ ގޮތަށް ފަލަމަސްގަނޑާ ހަމައަށެވެ. އަދި ކަރުވަޅުވެސް ހުންނަންވާނީ ނިވާ ކޮށްފައެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ފާޅުކަންބޮޑު ކުލަ ޖެއްސުންވެސް ވަނީ މަނާކޮށްފައެވެ. 

އެކަމާއި ގުޅިގެން ނުރުހުންފާޅުލުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުސްލިމް ޖިންސުންލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެބައިމީހުންގެ އެންމެ ޒާތީ ކަންތައްތަކާ ދައުލަތް ހިންގަންތިބި ފަރާތްތަކުން ގޮތްކިޔަމުން ގެންދާކަން ފާހަގަކުރައްވައި، ޖިންސުންލަތީފުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ، ގޮތް ކިޔައިދޭން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްވެސް ވަނީ އެއީ މުވައްޒަފުންގެ ޒާތީ މިނިވަންކަން ފޭރިގަތުން ކަމަަށް ވިދާޅުވެފައެވެ.

ހަމައެހެންމެ އެމްޑީޕީންވެސް އެކަމާ ގުޅޭ ނޫސްބަޔާނެއް ނެރެ، އެއީ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ސިފަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.