ބަންގްލަދޭޝްގެ ޓީމް.. ފޮޓޯ: ޕްރޯސްޕޯޓް
ކުޅިވަރު
04 Jan 2026 | 21:20
ޓީ 20 ވަރލްޑްކަޕް؛ ބަންގްލަދޭޝްގެ ޓީމް އިންޑިއާގައި މެޗްތައްކުޅެން ދެކޮޅު

ޓީ 20 ވަރލްޑްކަޕް މެޗްތައް ކުޅެން ބަންގްލަދޭޝްގެ ކްރިކެޓް ޓީމް އިންޑިއާއަށް ދިއުމަށް އުޒުރުވެރިވާކަމަށް ރަސްމީކޮށް އެ ޓީމުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ޓީމުން މިކަން ހާމަކޮށްފައިވަނީ، ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުން އާއްމުކުރި ސްޓޭޓްމަންޓެއްގައެވެ. ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުންވަނީ އިންޑިއާގައި ކުޅެންޖެހޭ އެއްވެސް މެޗެއް ކުޅެން އެ ޤައުމަށް ނުދާނޭކަން ރަސްމީކޮށް، އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލަށްވެސް އަންގާފައެވެ.

ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުން މިގޮތަށް އަންގާފައިވަނީ ޓީމްގެ ސަލާމަތީ ސަބަބުތަކަކަށް ޓަކައެވެ.

އިންޑިއާ އާ ބަންގްލަދޭޝްގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ބަންގްލަދޭޝްގެ ޓީމުން ވަނީ ކޮންމެ ކުޅުންތެރިއެއްގެ ސެކިއުރެޓީ ކަންކަން ނުބެލެހެއްޓޭނޭކަމަށް އެޤައުމުން ބުނެފައިވާކަމަށެވެ. އެހެންކަމުން މުޅި ޓީމްގެ ސެކިއުރެޓީ އިންޑިއާއަށް ނުބެލެހެއްޓޭނޭކަމަށް ބަންގްލަދެޝްގެ ކްރިކެޓް ކައުންސިލުން ވަނީ ބުނެފައެވެ. އިންޑިއާއިން އެގޮތަށް ބުނެފައިވާއިރު، ބަންގްލަދޭޝްއިން މުބާރާތް ކަވަރކުރުމަށް ދާ ނޫސްވެރިންނާއި ކުޅިބަލަންދާ މީހުންގެ ރައްކާތެރިކަމާމެދުވެސް ޔަގީންކަން ނެތްކަމަށް ބަންގްލަދޭޝްގެ ކުރިކެޓް ކައުންސިލުން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ޓީމުން ވަނީ އިންޑިއާގައި ކުޅެންޖެހޭ މެޗްތައް ލަންކާގައި ކުޅުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދިފައެވެ. ސްރީލަންކާއަކީ އެ މުބާރާތް ކުރިއަށްދާނެ ދެ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. 

ޓީ 20 ވަރލްޑްކަޕްގެ މެޗްތައް ކުޅުމަށް އިންޑިއާއަށް ނުދާނޭކަމަށް ބަންގްލަދޭޝްއިން ބުނެފައިވާއިރު، ޕާކިސްތާނު ޓީމުންވެސް އެޓީމުން އިންޑިއާގައި ކުޅެންޖެހޭ މެޗްތައް ކުޅޭނީ ލަންކާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.