ޢަބްދުﷲ ޝާހިދު.. ފޮޓޯ: އެމްޑީޕީ
ހަބަރު
05 Jan 2026 | 16:30
ސަރުކާރުން އުޅެނީ އިންތިހާބު ގަޑުބަޑުކުރަން: ޝާހިދު

އިންތިހާބުތައް އެއްކޮށްލުމުގައި ސަރުކާރުގެ ނިޔަތް ރަނގަޅުނޫންކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށެވެ. ޝާހިދު ވިދާޅުވީ، ރައްޔިތުންގެ ބައިވެރިވުން އޮންނަ އިންތިހާބުތަކުގައި ލާ ވޯޓަކީ ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރުކަމަށެވެ. 

އެގޮތުން ސަރުކާރުން އުޅެނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން “ވޯޓު” ގެ ބާރު، ނިގުޅައިގަތުމަށްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

އިންތިހާބުތައް އެއްކޮށްލުމަށް އެމްޑީޕީގެ ރައީސް ޝާހިދު ދެކޮޅުކަން ހާމަކުރެއްވިއިރު، ރައްޔިތުން މަޖިލީހުގައި މިއަދު އެމްޑީޕީގެ މެމްބަރުންވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ބޮޑު ދެ އިންތިހާބު އެއްކުލަށް އުޅެނީ ވެރިކަމުގެ ދައުރު ދައްމާލުމަށްކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެފައިވަނީ ސަރުކާރުން އުޅެނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދިގު ދައްމާލަންކަމަށެވެ. އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުގެ ކުރިން ރަނގަޅު ދިރާސާއެއް ހަދަންޖެހޭކަމަށެވެ. 

އެމްޑީޕީން ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅުނަމަވެސް އެޕާޓީއާ ބަޔަތު ހިއްޕަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުތައް އެއްކޮށްލުމަށް ތާއީދު ކުރައްވާފައެވެ.

ކޮމެންޓް
އަހުދުނާމާ
ނިމިދިޔަ ރިޔާސީ އިންތިހާބު ނިމިގެން ސަރުކާރައް ޖެއްސުން ކުރެވުނު ވަރުމަދީތޯ. އަސްލުވާ ގޮތަކީ ރިޔާސީ އިންތިހާބުގެ ފަހުން މަޖިލިސް އިންތިހާބު އައީމަ ނުފޫޒުން އެއިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ އެއީ ހަގީގަތަކީ.
06 Jan 2026
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.