މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
06 Jan 2026 | 09:32
ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން 15 މިނެޓްތެރޭ މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ބައިގަޑިއިރު ނުވަނީސް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާ ނިންމާލައިފިއެވެ. 

މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވީ ޖަލްސާއަށް ހާޒިރުވީ 93 މެންބަރުންގެ ތެރެއިން 39 މެންބަރުންނެވެ. ޖަލްސާގެ އެޖެންޑާގައި އޮތީ ހިޔުމަންރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް އެކޮމިޝަންގެ މެންބަރު ޑރ ޢާއިޝަތު ރަމީލާ އައްޔަނު ކުރުމާމެދު ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅައި އެއަށް ބަހުސްކޮށް ވޯޓަށް އެހުމެވެ. 

ރިޕޯޓް ހުށަހެޅުމުން އެއާ ގުޅިގެން ވާހަކަދެއްކެވީ ދިއްގަރު ދާއިރާގެ މެންބަރުން އަބްދުالله ނާޒިމް އެކަންޏެވެ. އިތުރު މެންބަރެއް ވާހަކަދައްކަން އެދިފައި ނެތުމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވަނީ އެ މައްސަލައަށް ވޯޓަށް އެހުމަށްފަހު ޖަލްސާ ނިންމަވާލައްވާފައެެވެ. 

ޖަލްސާ ނިންމާލެވިކަން އިއުލާން ކުރެއްވުމުގެ ކުރީ އަބްދުއްރަޙީމް ވަނީ ދައުރުން ބޭރުން ބާއްވަމުންދާ ޖަލްސާ ތަކަކީ ވަކި މަސައްކަތްތަކެއް ކުރުމަށް މަޖިލީހުގެ 31 މެންބަރުން ސޮއި ކުރައްވައި ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ބާއްވާ ޖަލްސާ ތަކެއް ކަމަށް ވިދާޅުވެފައެވެ.

”އެ ހުށަހެޅުމުގައި މަސައްކަތް ތަކުގެ ތެރެއިން މިވަގުތަށް ނިންމެން ހުރި މަސައްކަތް މި ނިމުނީ. އެހެން ހުރިހާ މަސައްކަތެއް އޮތީ ކޮމިޓީ މަރުހަލާގައި. އެހެންވީމާ އިތުރު މަސައްކަތެއް ކުރާކަށް ނެތް އެޖެންޑާގައެއް. އެކަމަކު މި ދަންނަވަނީ މަޖިލީހުގެ ޖަލްސާތަކުގައި ކުރާނެ މަސައްކަތް ނެތް ވާހަކައެއްނޫން.  މިއީ އާއްމު ޖަލްސާއެއް ނޫން. މިއީ ވަކި ކަމެއް ކުރުމަށް އެދި ހުށަހެޅުމުން ބޭއްވި ޖަލްސާއެއް.“ އަބްދުއްރަޙީމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.