ރާއްގެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް-- ފޮޓޯ/ވޮއިސް
ހަބަރު
06 Jan 2026 | 09:27
މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6000 އެއްހާ ފަތުރުވެރިން

މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6000 އެއްހާ ފަތުރުވެރިން އައިސްފައިވާހަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

އެ ވުޒާރާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން 2025 ވަނަ އަހަރު ދުވާލެއްގެ މައްޗަށް ގާތްގަންޑަކަށް 6،155 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން އެއް ދުވަސް ތެރޭ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނި 2025 ވަނަ އަހަރުގެ ޑިސެންބަރު 28 ވަނަ ދުވަހެވެ. އެ ދުވަހު 9،903 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. 

މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ފެބުރުއަރި މެހެވެ. އެމަހު ގާތްގަނޑަކަށް 7،646 ފަތުރުވެރިން ކޮންމެ ދުވަހަކުވެސް ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. 

މުޅި އަހަރުގެ ތެރޭގައި 2،246،516 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ ތާރީހުގައިވެސް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރެވެ. 

މިދިޔަ އަހަރު ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޑިސެންބަރު މަހުއެވެ. އެމަހުގެ ތެރޭގައި 224،455 ފަތުރުވެރިން ރާއްޖެ އައިސަފައިވެއެވެ. މިއި ރާއްޖޭގެ ތާރީހުގައިވެސް އެއް މަސްތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ކަމަށް ރިޕޯޓުކުރެވިފައިވާ މަހެވެ. 

2025 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ %14.7 އަކީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. ޗައިނާއާއި ޖެހިގެން އެންމެ ގިނަ ފަތުރުވެރިން އައީ ރަޝީއާއިންނެވެ. އެގައުމުން %12.4 އިންސައްތަ ފަތުރުވެރިން އަދި އިނގިރޭސިވިލާތުން %9.0 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. އެއާ ޖެހިގެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުންނެވެ. އެއީ %7.5 އެވެ. އިޓަލީ ވިލާތުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ %6.8 ފަތުރުވެރިންނެވެ. 

މިދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ތާރިހީ އަހަރެކެވެ. އެގޮތުން އެ އަހަރުގެ ތެރޭގައި 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި 2024 ވަނަ އަހަރާއި އަލާބަލާއިރު 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް %9.8 އަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. 

ސަރުކާރުން ބުނިގޮތުންގައި އައު ޓާމިނަލްއާއިއެކު ކުރިއަށް އޮތް އަހަރުތަކުގައި އަދި ރާއްޖެއަށް އަހަރެއްގެ މައްޗަށް 2 މިލިއަންނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.