ލަންޑަންގައި ފަލަސްތީނުގެ އެންބަސީ ހުޅުވުމުގެ ތެރެއިން-- ފޮޓޯ/އޭބީއެންއޭ24
ދުނިޔެ
06 Jan 2026 | 14:01
ލަންޑަނުގައި މުޅިން އަލަށް ފަލަސްތީނުގެ އެމްބަސީއެއް

ލަންޑަނުގައި ފަލަސްތީނު ދައުލަތުގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅަނގު ލަންޑަނުގެ ހެމާސްމިތުގައި ހޯމަ ދުވަހު ބޭއްވި އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ޙުސާމް ޒޮމްލޮޓް ވިދާޅުވީ، މި އެމްބަސީ ގާއިމުކުރެވުމަކީ އިނގިރޭސިވިލާތާއި ފަލަސްތީނުގެ ގުޅުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެއް ކަމަށެވެ.

މި އެމްބަސީ ހުޅުވާފައި ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ޝަހީދުވަމުންދާ ދަނޑިވަޅެއްގައި، މިދިޔަ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމާ ގުޅިގެންނެވެ.

"މިއަދު އަޅުގަނޑުމެން މި ބައްދަލުކުރަނީ ތާރީޚީ ވަގުތެއް ފާހަގަކުރުމަށް. އެއީ ފުރިހަމަ ޑިޕްލޮމެޓިކް ދަރަޖައާއި އިމްތިޔާޒުތަކާއެކު އިނގިރޭސިވިލާތުގައި ފަލަސްތީނު ދައުލަތުގެ އެމްބަސީ އިފްތިތާހުކުރުމަށް. މިއީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބިގެންވާ މިނިވަން  ދައުލަތެއް އޮތުމުގެ ހައްގާއި، ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހަމަހަމަކަން އޮތުމުގެ ރަމްޒެއް،"

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ޙުސާމް ޒޮމްލޮޓް

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ޙުސާމް ޒޮމްލޮޓް-- ފޮޓޯ/ސްކައިނިއުސް

ޒޮމްލޮޓް ވިދާޅުވީ ގައްޒާ އާއި، އިރުމަތީ ގުދުސް ހިމެނޭހެން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރައްޔިތުންނާއި، ރެފިއުޖީ ކޭމްޕުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންތަކަށް ވެސް މި އެމްބަސީއަކީ އެމީހުންގެ އަމިއްލަވަންތަކަން ހާމަކޮށްދޭނެ ރަމްޒެއްކަމަށެވެ. އަދި ގަރުނަކަށްވުރެ ގިނަ ދުވަހު އަމިއްލަ މިނިވަންކަމާއި އިޚްތިޔާރުން މަހުރޫމްކޮށްފައިވާ ބަޔަކަށް މިއީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ވަރަށް މުހިންމު ވަގުތެއްކަމަށެވެ. 

ލަންޑަންގެ އައު އެމްބަސީގެ ހަނދާނީ ބިނާ އިފްތިތާހުކޮށްދެއްވުމަށްފަހު، ޑިޕްލޮމެޓިކް ކޯޕްސްގެ މާޝަލް އެލިސްޓަރ ހެރިސަން ވެސް ވިދާޅުވީ، މިއީ ފަލަސްތީނަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށާއި، މިއީ ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ގައްޒާގައި ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވި އުމުރުން 14 އަހަރުގެ ކުޑަކުއްޖެއްކަމަށްވާ އުބައިދާ ބައިވެރިވެފައިވެއެވެ. އޭނާ ވަނީ މި ހަނގުރާމާއިގެ ވާހަކަތައް ނުހަނު އަސަރާއިއެކު ކިޔަިދީފައެވެ. އުބައިދާ ބުނި ގޮތުގައި، އެ ހަނގުރާމައިގެ މައިދާނުގައި ލިބުނު އެކިވަރުގެ ޒަޚަމްތައް އޭނާގެ ހަށިގަނޑުގައި އަދިވެސް ފެންނަން އެބަ ހުއްޓެވެ. އަދި އޭނާގެ އާއިލާގެ ބައެއް މީހުން އިނގިރޭސިވިލާތުގައި ތިބި ނަމަވެސް، ލޯބިވާ ބައްޕަ އަދިވެސް ހުރީ ބިރުވެރިކަމުން ފުރިގެންވާ ގައްޒާގެ ބިމުގައި ކަމަށްވުމުން އެކަމާއި އިންތިހާއަށް ދެރަވެ ބިރުގަންނަކަން އޭނާ ވަނީ ހިއްސާކޮށްފައެވެ. 

14 އަހަރުގެ ކުޑަކުއްޖެއްކަމަށްވާ އުބައިދާ

އުބައިދާ ބުނި ގޮތުގައި އޭނާގެ އެންމެ ބޮޑު އެއް އުންމީދަކީ ކޮންމެވެސް ދުވަހަކުން ސަފީރަކަށް ވުމެވެ. އެގޮތުން އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރަކަށް ވެ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެ، އެމީހުންގެ އަޑު މުޅި ދުނިޔެއަށް އިއްވުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ.

"މި އެމްބަސީއަކީ އަހަރެމެންގެ ރައްޔިތުންގެ ވަކިވަކި ފަރުދުންގެ ބައިވެރިވުން ފެންނާނެ، އަދި އަހަރެމެންގެ އަޑު އިއްވައިދޭނެ ތަނެއް. މިއީ އިންސާފާއި އިންސާނީ ކަރާމާތަށްޓަކައި އަހަރެމެން ކުރާ އުންމީދުތައް ދިރިހުންނާނެ މަރުކަޒެކެވެ. އަދި މިއީ ލަންޑަނުގެ މެދުގައި ފަލަސްތީނުގެ ބިންކޮޅެއް ނުވަތަ ފަލަސްތީނުގެ ރަމްޒެއް އޮތުން ފަދަ މާނަހުރި ކަމެއް" 

ފަލަސްތީނުގެ 14 އަހަރުގެ އުބައިދާ 

އުބައިދާ އިތުރަށް ބުނީ މި އެންބަސީގެ ސަބަބުން އޭނާ ފަދަ ކުޑަކުދިންނަށް ދިރިއުޅުމާއި، އުގެނުމުގެ ފުރުސަތު ފަހިވެ، ބިރުވެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވުމުގެ ހުވަފެން ދެކުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މިއީ އާއިލާތަކަށް ރައްކާތެރިކަން ލިބި، ޣައްޒާއާއި، ގުދުސްއާއި، ހުޅަނގު އައްސޭރީގެ އިތުރުން މުޅި ފަލަސްތީނުގެ ހުރިހާ ކުޑަކުދިންނަށްވެސް، އިންސާނީ ކަރާމާތާއި އުންމީދާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ މާހައުލެއްކަމަށެވެ. 

އިނގިރޭސިވިލާތުން ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތީ 1967 ވަނަ އަހަރެވެ. ހަމައެއާއެކު، ދައުލަތަކަށް ލިބިދޭންޖެހޭ އެންމެހައި ގާނޫނީ ހައްގުތަކާއި ޒިންމާތައް ފަލަސްތީނަށް ލިބިގެންވާކަން ވެސް އިނގިރޭސިވިލާތުން ވަނީ ގަބޫލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް