އާސަންދައިގެ ހިދުމަތްދޭ ތަނެއްކަން އަންގައިދޭ ބޯޑެއް
ހަބަރު
06 Jan 2026 | 15:42
ފަސް އަހަރުތެރޭ އާސަންދައިގެ ހަރަދަށް 16 ބިލިއަނަށްވުރެ ގިނަ ރުފިޔާ!

2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އާސަންދައިގެ ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 16 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ޕާފޯމަންސް އޮޑިޓްގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މި ރިޕޯޓްގައި ބުނެފައިވަނީ، އެ ފަސް އަހަރުދުވަހުގެ ތެރޭގައި އާސަންދައިގެ ހަރަދުތަކަށް ޖުމްލަ 16,078,780,958 ރުފިޔާ ހޭދަކުރިއިރު، މިއީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުގެ އެ ފަސްއަހަރު ކުރި ހަރަދުގެ 45 އިންސައްތަ ކަމަށެވެ. މިއީ އަހަރަކަށް 2.6 ބިލިއަން ރުފިޔާގެ އަދަދެއްކަން ފާހަގަކުރަމުން ރިޕޯޓްގައި ބުނެފައިވަނީ، އާސަންދައިގެ ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަކަމަށެވެ. އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާގެ ކަންކަން ހަމަޖައްސަމުން ދިޔަނަމަވެސް މި ސްކީމްގެ ބޭރުން 2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށް 3.01 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި ބޭސް ފަރުވާއަށް ދައުލަތުން 2019 އިން 2024 ހަށް ޖުމްލަ 35.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ޖުމްލަކޮށް އަހަރެއްގެ މައްޗަށް 5.9 ބިލިއަން ރުފިޔާ ޖެހޭ މިންވަރެކެވެ.

ސްކީމުގެ ބޭރުން ކުރާ ހަރަދުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން އެންސްޕާއިން ކުރާ ހަރަދާއި، ޒަކާތު ފަންޑުން ކުރާ ހަރަދާއި، ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް އެ މުއައްސަސާތަކުން ކުރާ ހަރަދުތަކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަނުކޮށްފައިވާ މީހުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުއައްޒަފުންނާއި އެފަރާތްތަކުގެ އާއިލާގެ ބެސްފަރުވާއަށް އެ މުއައްސަސާތަކުގެ ބަޖެޓުން ކުރާ ހޭދަވެސް ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި އާސަންދަ ސްކީމުން އެންމެބޮޑު ހޭދައެއްކޮށްފައިވަނީ ފާމަސީ ތަކަށާއި، ސަރުކާރު ހޮސްޕިޓަލްތަކުގެ އިތުރުން އަމިއްލަ އަދި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށެވެ.

2019 އިން 2024 ހަށް އާސަންދައިން ކުރި ހޭދަ

- ފާމަސީތަކަށް: 5.5 ބިލިއަން ރުފިޔާ

- ސަރުކާރު ހޮސްޕިޓަލްތަކަށް: 4.9 ބިލިއަން ރުފިޔާ

- އަމިއްލަ ހޮސްޕިޓަލްތައް: 3.1 ބިލިއަން ރުފިޔާ

- ރާއްޖެއިން ބޭރު ހޮސްޕިޓަލްތަކަށް: 1.8 ބިލިއަން ރުފިޔާ

- ކްލިނިކްތައް: 779.8 މިލިއަން ރުފިޔާ

- ވައިގެމަގުން އެމަޖެންސީކޮށް ކުރި ދަތުރުތަކުގެ ހޭދަ: 635.5 މިލިއަން ރުފިޔާ

- އައިނު ހެއްދުމަށް: 209.5 މިލިއަން ރުފިޔާ

އޮޑިޓަރ ޖެނެރަލްގެ މި ރިޕޯޓްގައި ވަނީ އާސަންދަ ހިދުމަތް ދެމުންއަންނަ ގޮތާ ގުލޭގޮތުން އިސްލާހުކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ހިދުމަތްހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ ނިސްބަތަށްވުރެ، ސްކީމްގެ ހަރަދު ވަނީ އިތުރުވެފައެވެ. ރާއްޖޭގެ އާބާދީގެ ތެރެއިން ޖުމްލަކޮށް އަހަރަކު 353,154 މީހުން އާސަންދަ ސްކީމްގެ ދަށުން ފަރުވާ ހޯދަމުން އަންނައިރު، މި މުއްދަތުގެ ތެރޭގައި ހިދުމަތް ހޯދާ މީހުންގެ އަދަދު 7 އިންސައްތަ އިތުރުވިއިރު، ސްކީމްގެ ހަރަދު 32 އިންސައްތަ އިތުރުވެފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ވަނީ އާސަންދައިގެ އަގުތައް މުރާޖައާކޮށް ދެމެހެއްޓެނިވި ގޮތަކަށް ހަރަދުތައް ކުރެވޭނޭފެދަ އުސޫލަކުން ކަންކަން ކުރިއަށްގެންދިއުމަށް ލަފާދީފައެވެ.

ރިޕޯޓްގައި ވާގޮތުން 2024 ވަނަ އަހަރު ނިމުނުއިރު އާސަންދަ ސްކީމްގައި 781 މަރުކަޒެއް ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ބޭސްވިއްކާ ފިހާރަތައް ހިމެނެއެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އާސަންދަ ސްކީމްގައި 136 އަމިއްލަ ބޭސްފިހާރަ ހުރިއިރު، 83 ކްލިނިކާއި، 35 ބޭރުގެ މަރުކަޒެއް ހުރިކަމަށް ދައްކައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.