ޕީޖީ އައްބާސް
ހަބަރު
06 Jan 2026 | 15:58
އަމީން ކޮންސްޓްރަކްޝަންއަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމް ގާނޫނާ ހިލާފު: ޕީޖީ

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ. 

ޕީޖީ އޮފީހުން މިއަދު ބުނީ، އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ.

”އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ“ ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެ އޮފީހުން ޤަޞްދުކުރާ ކަމަށެވެ.

ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެކަމަށެވެ. 

ފީފާއިން އެފްއޭއެމަށް ދިން 1.2 މިލިއަން ޑޮލަރު އުސޫލްތަކާ ހިލާފަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް, އަމިއްލަ ކަންކަމުގައި ބޭނުންކުރުމާ ގުޅިގެން އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑަރީންގެ ދައުވާ ސާބިތުވެ 23 އަހަރަށް ޖަލަށްލައި 44.7 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ