އިންޑިއާގެ ހަނޑޫ ދަނޑެއްގައި ދަނޑުވެރިން މަސައްކަތްކުރަނީ-- ފޮޓޯ/ދަ ޓްރިބިއުން
ދުނިޔެ
07 Jan 2026 | 10:34
ޗައިނާ ފަހަތައް ޖެއްސުމަށްފަހު މުޅި ދުނިޔެއިން އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމަކަށް އިންޑިއާ

ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު މުޅި ދުނިޔެއިންވެސް އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމުގެ ލަގަބު އިންޑިއާ ހޯދައިފިއެވެ. 

އިންޑިއާއިން ވަނީ އެގައުމުގައި ހަނޑޫ އުފައްދާ ނިސްބަތް މިދިޔަ އަހަރު %9 އިތުރުކޮށްފައެވެ. މިއާއިއެކު އެގައުމުން އުފައްދާ ހަނޑުލުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ 150.18 މިލިއަން ޓަނުގެ ހަނޑޫ އުފައްދާފައެވެ. އެ އަހަރު ޗައިނާއިން އުފައްދާފައިވަނީ 145.28 މިލިއަން ޓަނުގެ ހަނޑުލެވެ. އެހެންކަމުން އިންޑިއާއިން ވަނީ މުޅި ދުނިޔެއިން އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމުގެ ލަގަބު ޖެހިޖެހިގެން 10 އަހަރަށްވުރެ ގިނަ ދުވަހު ހޯދައިފައިވާ ޗައިނާ ފަހަތަށް ޖައްސާލާފައެވެ. 

އިންޑިއާއަކީ މުޅި ދުނިޔެއަށްވެސް ހަނޑޫ އެކްސްޕޯޓުކުރާ މައި އެއް ގައުމެވެ. އެގޮތުން މިހާރުވެސް 170 އަށް ވުރެ ގިނަ ގައުމަށް އިންޑިއާއިން ހަނޑޫ އެކްސްޕޯޓުކުރެއެވެ. ހަނޑުލަކީ މުޅި ދުނިޔޭގައިވެސް، އަދި ވަކިން ހާއްސަކޮށް އޭޝިއާ ސަރަހައްދުގައި އެންމެ މަގުބޫލު އެއް ކާޑުގެ ބާވަތްކަމަށް ވުމުން މިއީ އެގައުމުގެ އިގްތިސާދަށް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އިންޑިއައިން ވަނީ 20.1 މިލިއަން ޓަނުގެ ހަނޑޫ ދުނިޔޭގެ އެކި ސަރަހައްދުތަކަށް އެކްސްޕޯޓުކޮށްފައެވެ. މީގެ އަގު 12.95 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ. އެގައުމުން އުފައްދާ ހަނޑުލުގެ އަގު އެހެން ގައުމުތަކާއި އަޅާބަލާއިރު ކުޑަ ވުމަކީ އެގައުމުގެ ހަނޑުލަށް އޮންނަ ޑިމާންޓް އިތުރުވާކަމަމެވެ.

ދުނިޔޭގެ ހަނޑޫ އެކްސްޕޯޓުގެ %40 - %30 ހިއްސާކުރަނި އިންޑިއާއެވެ. އެގަުމުން އެކަނިވެސް ތައިލެންޑާއި، ވިއެޓްނާމްއާއި، ޕާކިސްތާން އަދި އެމެރިކާ އެއްކޮށް އެކްސްޕޯޓުކުރާ ހަނޑުލަށްވުރެ ގިނަ ހަނޑޫ ކޮންމެ އަހަރަކުވެސް އެކްސްޕޯޓުކުރެއެވެ. މީގެ މާނައަކީ ދުނިޔޭގައި އުފައްދާ ހަނޑުލުގެ ކޮންމެ 2 ޓަނަކުން 1 ޓަނަކީ އިންޑިއާއިން އުފައްދާފައިވާ ހަނޑުލެވެ. 

އިންޑިއާއިން ވަނި އެގައުމުގައި ހަނޑޫ އުފައްދާ ނިސްބަތް އިތުރުކުރުމަށް ހަރުދަނާ އެތައް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުން ލިބޭ އަސަރު ކުޑަ، މޮޅު ބާވަތްތަކުގެ އޮށް އުފައްދާ ދަނޑުވެރިންނަށް ވަނީ ދޫކޮށްފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިންނަށް މަންފާވާނެ ގޮތަށް އެގައުމުގެ ދަނޑުވެރިކަމާއި ބެހޭ ގާނޫނުތައް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ދަނޑުވެރިންނަށް ދޫކުރާ ބިމުގެ ސަރަހައްދު ވެސް ބޮޑުކޮށްފައިވެއެވެ. އެގޮތުން މިހާރުވެސް އެގައުމުގެ 50 މިލިއަން ހެކްޓަރަށް ވުރެ ބޮޑު ބިމުގެ ސަރަހައްދަކީ ދަނޑުވެރިކަމަށް ދޫކޮސްފައިވާ ސަރަހައްދެކެވެ. މިގެ އިތުރުން، ހުޅަނގު ބެންގަލް އާއި، އުއްތަރަ ޕްރަދޭޝް އަދި ޕަންޖާބު ފަދަ އެންމެ ގިނައިން ހަނޑޫ އުފައްދާ ސަރަހައްދުތަކުގެ މޫސުން ރަނގަޅުވެ، ފެންދިމުނުގެ ހަރުދަނާ ނިޒާމުތަށް ގާއިމްކުރެވިފައި ހުރުމަކީ އެގައުމަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.