އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
07 Jan 2026 | 12:28
ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް މަޝްވަރާކުރާ ކަމަށް ވައިޓްހައުސްއިން ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް، އެކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

މި މަޝްވަރާތަކުގައި އެ ރަށް ހޯދުމަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ފުރުސަތު އޮތްކަންވެސް ވައިޓް ހައުސްއިން ވަނީ ފާހަގަކޮށްފައެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާކްޓިކް ސަރަޙައްދުގައި އެމެރިކާގެ ހަތުރުންގެ ނުފޫޒު ކުޑަކުރުމަށްޓަކައި ގްރީންލޭންޑް ހޯދުމަކީ ގައުމީ ސަލާމަތަށް ބަލާއިރު އިސްކަންދޭންޖެހޭ މުހިންމު ކަމެއް ކަމަށް ޓްރަމްޕް ދެކޭ ކަމަށެވެ. އަދި މި ޚާރިޖީ ސިޔާސަތު ކާމިޔާބު ކުރުމަށްޓަކައި އެކި ގޮތްގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ކޮމާންޑަރ-އިން-ޗީފްގެ ހައިސިއްޔަތުން އަސްކަރީ ބާރުގެ ބޭނުންކުރުމަކީވެސް އޮތް އިޚްތިޔާރެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ގްރީންލޭންޑަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ވުމަށް އެ ގައުމުން ބޭނުންވާކަން ތަކުރާރުކޮށް ބުނަމުންދާއިރު، ވިލާތުގެ ގައުމުތަކާއި ކެނެޑާއިން ވަނީ ގްރީންލޭންޑަކީ އެތަނުގެ ރައްޔިތުންގެ މިލްކެއް ކަމަށް ބުނެ ޓްރަމްޕްގެ ނިންމުމާ ދެކޮޅަށް ތެދުވެފައެވެ.

އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށްވާ ޑެންމާކުގެ އަތުން އަސްކަރީ ބާރު ބޭނުންކޮށްގެން ގްރީންލޭންޑް އަތުލައިގަނެފިނަމަ، މިއީ ނޭޓޯގެ އިއްތިޙާދަށް ލިބޭނެ ބޮޑު ސިހުމަކަށް ވެގެންދާނެއެވެ.

ޓްރަމްޕްގެ މި ޝައުގުވެރިކަން އަލުން އުފެދިފައި މިވަނީ، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާއިން ހައްޔަރުކުރުމާ ގުޅިގެންނެވެ. އެގޮތުން ޓްރަމްޕް މިހާރު ވަނީ ކިއުބާ އާއި ކޮލަމްބިއާއަށްވެސް ފިއްތުންތައް ކުރަން ފަށާފައެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮއިޓާސްއަށް ބުނީ، ގްރީންލޭންޑް ހޯދުމަށްޓަކައި އެ ރަށް މުޅިން ގަނެލުން ނުވަތަ "ކޮމްޕެކްޓް އޮފް ފްރީ އެސޯސިއޭޝަން" އެއްގެ ދަށުން އެމެރިކާއާ ގުޅާލުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ރައީސް ޓްރަމްޕަކީ ވިޔަފާރީގެ މުޢާމަލާތްތަކަށް ލޯބިކުރާ މީހަކަށްވާތީ، ޑިޕްލޮމެޓިކް އުސޫލުން ރަނގަޅު އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަކީ އޭނާ ފުރަތަމަ އިސްކަންދޭނެ ގޮތް ކަމަށްވެސް އެ އޮފިޝަލް ބުންޏެވެ.

މި ސަރަޙައްދަށް ރަޝިޔާ އާއި ޗައިނާގެ ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ގްރީންލޭންޑަކީ އެމެރިކާގެ މަރުކަޒަކަށް ހެދުމަށް ޓްރަމްޕް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ 2019 ވަނަ އަހަރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި