"ރައްކާ ކިކް އޮފް 2026" ލޯންޗުކުރުމުގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
08 Jan 2026 | 13:11
"ރައްކާ ކިކް އޮފް 2026" ލޯންޗުކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ހަރަކާތްތަކަކާއިއެކު ފުލުހުން ކުރިއަށްގެންދާ ރައްކާ ކިކް އޮފްގެ 2026 ވަނަ ޕްރޮގުރާމުގެ ފުލުހުން އިފްތިތާހުކޮށްފިއެވެ. 

މި ޕްރޮގުރާމް އިފްތިތާހުކޮށްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ޖަލްސާއެއްގެ ތެރެއިންނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.

މި ރަސްމިއްޔާތުގައި، އެމްޓީސީސީއާއި، އެޗްޑީސީއާއި، އުރީދޫ މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސް އަދި ޝީޝާގެ އިސްވެރިންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވަޑައިގަތެވެ. 

"ރައްކާ ކިކް އޮފް 2026" ލޯންޗުކުރުމުގެ ތެރެއިން-- ފޮޓޯ/ވޮއިސް

ރައްކާ ކިކް އޮފް ޕްރޮގުރާމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބައިވަރު ހަރަކާތްތަކަކާއިއެކު ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އެގޮތުން މި ޕްރޮގުރާމްގެ ދަށުން އާއްމުން ހޭލުންތެރިކުރުވުމުގެ އިތުރުން ރައްކާ ރޯޑް ޝޯތަކެއްވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް މިއަހަރުވެސް ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެްދިޔުމަށޤ ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި އަހަރު މި ޕްރޮގްރާމް އާއި އެކު ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ އައު ހޭޝްޓެގް އެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން "ރަނގަޅުކޮށްލާ' ނަމުގައި ފުލުހުން މިއަހަރު މި ފެށި ކެންޕޭނަކީ މަގުމަތީގެ ގަވައިދުތަކާއި އުސޫލުތަކަށް އާއްމުން ހޭލުންތެރިކުރުވުމާއި، މަގުމަތީގެ އެކްސިޑެންޓުތަކާއި، އެކްސިޑެންޓުތަކުން ލިބޭ ގެއްލުންތައް މަދުކުރުމަށާއި، މަގުމަތީގައި ޒިންމާދާރުކަމާއިއެކު އުޅުމުގެ ސަގާފަތެއް ބިނާކޮށް، މަގުމަތީގެ ރައްކާތެރިކަން ގާއިމްކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުގެ މަގުސަދުގައި ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން ޑިޕާޓްމެންޓުން ކުރިއަށްގެންދާ ހަރަކާތެކެވެ. 

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތަށް އާއްމުންގެ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިއަދު މި އިފްތިތާހު ކުރެވުނު ހަރަކާތްތަކަށް އާއްމުންގެ ފުރިހަމަ ތާއީދު ދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ