ކުއްޖަކު ގޭމު ކުޅެނީ: ފޮޓޯ/ އިންޓަނެޓް
ދީން
09 Jan 2026 | 12:49
”ނަމާދު ވަގުތު ފާއިތުވެދާއިރު ދަރީން ގޭމުތައް ކުޅޭން ބައިތިއްބާ ބެލެނިވެރީން اللهއަށް ބިރުވެތިވެ ޚަބަރުދާރުވޭ“

ކުޑަކުދިން ނަމާދަށް ލޯބިޖައްސައި، މިސްކިތަށް އަހުލުވެރިކުރުވުމަކީ ދިރިއުޅުމުގެ އުފާވެރިކަމާއި އާޚިރަތުގެ ބާއްޖަވެރިކަމާ ގުޅިފައިވާ މުހިންމު ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ، އިންސާނުން އުފެއްދެވުމުގެ އެންމެ ބޮޑު މަޤުޞަދަކީ މާތް اللهއަށް އަޅުކަންކުރުން ކަމަށާއި، އެގޮތުން ނަމާދު ޤާއިމުކުރުމަކީ ދީނުގެ އެންމެ މުހިންމު ތަނބު ކަމަށެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ދަރިންނަކީ މާތް الله ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެކުދިން ނަމާދަށް އަހުލުވެރިކުރުވުމަށް މަސައްކަތް ނުކޮށް އިހުމާލުވެއްޖެ ނަމަ، މައިންބަފައިން އެކަމަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެއެވެ.

ނަމާދަކީ ދީނުގެ ތަނބެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭ އަޅުކަމެވެ.މުސްލިމް އަޚުންނޭވެ! މި މަތިވެރި ވާޖިބަށް ތިބާގެ ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތުކުރާންޖެހެއެވެ. އަދި އެ ކަމުގައި އިހުމާލުވެއްޖެ ނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެއެވެ. އެ ދަރީންނަކީ މާތް الله ތިބާއަށް ދެއްވި ވަރަށްބޮޑު ނިޢުމަތެކެވެ. އަދި އެ ދަރީންނާ މެދު މަސްއޫލުވާންޖެހޭނެއެވެ.

ޚުތުބާ

"ފިރިމީހާއީ އޭނާގެ އަނބިދަރިންގެ ބެލެހެއްޓުންތެރިޔާ ކަމަށާއި، އަދި އަނބިމީހާއީ ގޭގެ ކަންތައްތަކާއި ދަރިންގެ ބެލެހެއްޓުންތެރިޔާ" ކަމަށްވާތީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ދެމަފިރިންގެ ޒިންމާއެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި އެކަން ނުކޮށްފިނަމަ ފާފަވެރިވާނެ ކަމަށްވެސް ބުންޏެވެ. 

ދަރިން ނަމާދަށް އަހުލުވެރިކުރުވުމަށްޓަކައި އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުން ކަމަށާއި، އަދި ޞާލިޙު ދަރިން ދެއްވުން އެދި ދުޢާކުރުމުގައި ދެމިތިބުން މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ. މިގޮތުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިފަސްކޮޅަށްޓަކައި ކުރެއްވި ދުޢާގެ މިސާލު ޚުތުބާގައި ވަނީ ބަޔާންކޮށްދީފައެވެ.

ޚުތުބާގައި އިތުރަށް ބުނީ، ފިރިހެން ދަރިން މިސްކިތުގެ ޖަމާޢަތަށް ގެންދިއުމަށް ލޯބިޖައްސަންޖެހޭ ކަމަށެވެ. އެކަނި ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ދަރުމަ 27 ގުނަ އިތުރުވެގެންވާއިރު، މިސްކިތަށް ހިތްޖެހިފައިވާ މީހާއަށް ޤިޔާމަތް ދުވަހުގެ ގަދަ ހޫނުން ސަލާމަތްވެ، اللهގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެކަމުގެ އުފާވެރި ޚަބަރު ދަރިންނަށް ކިޔައިދިނުމަށް ޚުތުބާގައި އިރުޝާދު ދިނެވެ.

ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ފެންނަމުންދާ ބައެއް ހިތާމަވެރި މަންޒަރުތަކަށްވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. އެގޮތުން ބައެއް މުއައްސަސާތަކުން ނަމާދު ވަގުތުތަކަށް ސަމާލުކަން ނުދީ ކުޅިވަރުގެ ހަރަކާތްތައް ރޭވުމާއި، ބައެއް މައިންބަފައިން ބަންގި ގޮވާ ވަގުތު ދަރިން މިސްކިތަށް ފޮނުވުމުގެ ބަދަލުގައި ކުޅިވަރު މައިދާންތަކަށް ދޫކޮށްލާކަން ފާހަގަކުރިއެވެ.

ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލުކުރުވާކަމެވެ. ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެއަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާކަމެވެ. ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާ އިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ ތިބާ މާތް الله އަށް ބިރުވެތިވެ ޚަބަރުދާރުވާށެވެ!

ޚުތުބާ

މިހާރު އަޅުގަނޑުމެން ހޭދަކުރަމުންދާ ރަޖަބު މަހަކީ ޙުރުމަތްތެރިވެގެންވާ މަހެއްކަން ފާހަގަކޮށް، މިއީ ތަޢުބާވެ ހެޔޮކަންކަން އިތުރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށްވެސް ޚުތުބާގައި ބުންޏެވެ. ނަމަވެސް މި މަހުގެ ވަކި ދުވަހެއްގައި ޚާއްޞަ ރޯދައެއް ނުވަތަ ނަމާދެއް ކުރުމެއް ނޯންނަކަންވެސް ޚުތުބާގައި ވަނީ ސާފުކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.