މަަސްއޫދު، ނަމާލްއާ ބައްދަލުކުރައްވަނީ
ހަބަރު
09 Jan 2026 | 19:58
ސަފީރު މަސްއޫދު، ނަމާލްއާ ބައްދަލު ކުރައްވައިފި، ތަފްސީލެއް ނެތް

ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު, ލަންކާގެ ނުފޫޒުގަދަ ލީޑަރު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ދެ ބޭފުޅުންގެ ބައްދަލްވުމެެއް އޮތްކަން ހާމަކުރެއްވީ ވެސް ނަމާލް އެވެ. ނަމާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލްވުމުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ލަންކާއަކީ ދިވެހީންގެ ދެވަނަ ގެ ކަމުގައި ސިފަކުރައްވާ ރާއްޖެ-ލަންކާ ގުޅުން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރާ ކަމުގައި ވިދާޅުވި އެވެ.

މި ބައްދަލްވުން އިންތިޒާމު ކުރެވުނު ގޮތާއި ގުޅޭގޮތުން ތަފްސީލެއް ނުދެ އެވެ.

އިމާދުއާ ނަމާލުގެ ބައްދަލްވުމެއް މި އިންތިޒާމުވީ ސްރީލަންކާއަށް ޒިޔާރަތްކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުންގެ ފަރާތުން ދަތިތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެ، އިމާދު ލަންކާގެ ކަމާގުޅޭ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.

ސަފީރު މަސްއޫދު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ވިސާ ހޯދުމަށްޓަކައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް އިމިގްރޭޝަން އޮފީހުގެ ދިގު ކިއުތަކުގައި މަޑުކުރަން ޖެހެ އެވެ.

އަދި އެހެން ގައުމުތަކުން ޒިޔާރަތްކުރާ މީހުންނަށް ހުންނަފަސޭހަތައް ދިވެހިންނަށް ނުލިބޭކަންފާހަގަކުރެއްވިއެވެ. 

ސަފީރު ވިދާޅުވީ، ހަމުގެ ކުލަ އަލި މީހުންނަށް އެކަނި އިސްކަންދީ، އެ މީހުންނަކީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި އިމިގްރޭޝަން އޮފިޝަލުން ދެކޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. 

އަދި ވަކިން ހުށަހަޅާ ވިސާ އެޕްލިކޭޝަންތަކަށް ގިނަ ވަގުތު ހޭދަވި ނަމަވެސް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަން ސަފީރު ފާހަގަކުރެއްވިއެވެ. މިއީ އިމިގްރޭޝަންގެ ތެރޭގައި ހިނގާ މާލީ މަންފާތަކަކާ ގުޅުންހުރި ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ބެލެނިވެރިން ވިސާ ހޯދުމަށް ގިނަ ގަޑިއިރުތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަސްއޫދު ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރިއަށްދާނަމަ، ސްރީލަންކާގެ ޕްރޮފެޝަނަލުންނަށް ރާއްޖެއިން ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް މުރާޖައާކުރަން ރާއްޖެއަށް މަޖުބޫރުވާނެ ކަމުގެ އިންޒާރުވެސް ސަފީރު ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ