އެމެރިކާއާއި ތައިލެންޑް އަދި ކެންބޯޑިއާ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އޭޕީ ފޮޓޯ
ދުނިޔެ
11 Jan 2026 | 08:41
ތައިލެންޑާއި ކެންބޯޑިއާގެ ސުލްހައަށް އެމެރިކާއިން 45 މިލިއަން ޑޮލަރު

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ސަރަހައްދުގައި އެ ދެގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލާ، އެ ސަރަހައްދުގެ ސުލްހަމަސަލަސްކަން ގާއިމުކުރުމަށް އެހީތެރިވުމުގެ ގޮތުން 45 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.

1900 ގެ ކުރީ އަހަރުތަކުން ފެށިގެން ތައިލެންޑާއި ކެންބޯޑިއާއަކީ އެ ދެގައުމުގެ ބޯޑަރުގެ މައްސަލައިގައި ހަމަނުޖެހުން ހިންގަމުން އަންނަ ދެ ގައުމެވެ. ކެމްބޯޑިއާ ފްރާންސްގެ އިސްތިޢުމާރުގެ ދަށުގައި އޮތް ދުވަސްވަރު މެޕްކޮށްފައި އޮތް ގޮތުން، މިދެގައުމު 800 ކިލޯމީޓަރަށްވުރެ ބޮޑު ބޯޑަރެއް ހިއްސާކުރެއެވެ. ނަމަވެސް މި މެޕްތަކަކީ މުސްކުޅި މެޕްތަކަކަށްވުމުން ބައެއް ތަފްސީލުތައް ފުރިހަމައަށް އެއްބަސް ނުވެ، ބޯޑަރުގެ ބައެއް ސަރަހައްދުތަކުގައި ޚިޔާލުތަފާތުވުން އުފެދިފައިވެއެވެ.

މި ދެ ގައުމުން ވެސް ދައުވާ ކުރަނީ އެއް ބިމެއްގެ މައްޗަށެވެ. ދެ ގައުމުންވެސް ބޭނުންވަނީ އެބިން އިސްތިގުލާލު ކުރުމަށެވެ. އެހެންކަމުން ގަރުނަކަށްވުރެ ގިނަ ދުވަސްވަންދެން ތައިލެންޑާއި ކެންބޯޑިއާގެ ދޭތެރޭގައި ހިންގަމުންދާ މި ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް އެމެރިކާއިން މިހާރު މިވަނީ ފިޔަވަޅު އަޅާފައެވެ. 

ތައިލެންޑާއި ކެންބޯޑިއާ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ ރިއުޓާސް

އެމެރިކާގެ ވޮޝިންގޓަނުން މީގެ ކުރިންވެސް ވަނީ މިދެގައުމުގެ ސުލްހައަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކަށްފަހު ސޮއިކުރެވުނު "ކުއާލަލަމްޕޫރު ސުލްހައިގެ އެއްބަސްވުން" ތަންފީޒުކުރުމަށް ވެސް އެހީތެރިވެފައިވެއެވެ. އެމެރިކާގެ މަގުސަދަކީ މި ދެ ގައުމުގެ ރަށްވެހިންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީ، ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިކުރުމެވެ. 

ތައިލެންޑާއި ކެންބޯޑިއާ އާއި ދެމެދު މިދިޔަ އަހަރުގެ ޖުލައި އަދި ޑިސެމްބަރު މަހު ވެސް ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން އެތައް ލައްކަ ބަޔަކު ގެދޮރު ދޫކޮށް ދާންޖެހުނުއިރު، ދެ ގައުމުން ވެސް ގިނަ ބަޔަކު މަރުވެ، އަނިޔާވެފައިވެއެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ކެންބޯޑިއާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންތަކެއް-- ފޮޓޯ/ އޭޕީ ފޮޓޯ

މިކަން ހުއްތުވުމަށް އެމެރިކާއިން ދިނުމަށް ހަމަޖެހިފައިވާ 45 މިލިއަން ޑޮލަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ދާއިރާއެއްގެ މަސައްކަތަށެވެ. އެގޮތުން އެމެރިކާގެ އިސް އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި 15 މިލިއަން ޑޮލަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޯޑަރުގެ ހަމަޖެހުމަށާއި އިންސާނީ އެހީތެރިކަމަށެވެ. މީގެ ތެރޭގައި ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމާއި، ގެދޮރު ގެއްލުނު މީހުން އަލުން އާބާދުކުރުން ހިމެނެއެވެ. 10 މިލިއަން ޑޮލަރު ބޭނުންކުރުމަށް ނިންމާފައިވަނީ ބޯޑަރު ސަރަހައްދުގެ ބިމުގައި ހުރި މައިންތަކާއި ނުގޮވާ ހުރި ގޮވާތަކެތި ނައްތާލުމަށެވެ. ބާކީ 20 މިލިއަން ޑޮލަރު ހަރަދުކުރާނީ ކުށްކުރުން ހުއްޓުވުމަށެވެ. މީގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އެކި ކުށްތައް ހުއްޓުވުމުގެ ޕްރޮގްރާމްތަކަށް އެހީތެރިވުން ހިމެނެއެވެ.

މިފަދަ ކުށްތަކަކީ، ހާއްސަކޮށް އިންޓަނެޓް މެދުވެރިކޮށް ރޭވުންތެރިކަމާއެކު ހިންގާ މަކަރުވެރި އަމަލުތަކަކީ، ދެކުނު އިރުމަތީ އޭޝިއާގެ ސަލާމަތަށާއި އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި މީގެ ނޭދެވޭ އަސަރު އެމެރިކާގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ވެސް ދަނީ ކުރަމުންނެވެ.

ތައިލެންޑުން ކެންބޯޑިއާއަށް ދޫކުރި މިސައިލް ހަމަލާތަކެއް-- ފޮޓޯ/ އޭޕީ ފޮޓޯ

އެމެރިކާގެ ޚާރިޖީ ސިޔާސަތު ކަނޑައަޅާ އިސްވެރިން ފާހަގަކުރާ ގޮތުގައި، ދިގުލައިދިޔަ ބޯޑަރުގެ ހަމަނުޖެހުންތަކަށްފަހު ޤާއިމުކުރެވުނު ސުލްހައިގެ މަސައްކަތްތަކަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްބާރުލުން ދިނުމަކީ އެ ޤައުމުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. މި އެހީގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރަށް ވަރުގަދަވެ، އަލުން ހަމަނުޖެހުމެއް އުފެދުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

އިންސާނީ އެހީތެރިކަމާއި ސަރަޙައްދީ ހަމަޖެހުމުގެ ނަމުގައި މި އެހީ ދިން ނަމަވެސް، މިއީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އެމެރިކާގެ ނުފޫޒު ގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޚާއްޞަކޮށް، ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން މި ސަރަޙައްދުގެ ހަމަޖެހުން ދެމެހެއްޓުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއެކެވެ.

މީގެ އިތުރުން، ޗައިނާއިން ވެސް ތައިލެންޑާއި ކެންބޯޑިއާގެ ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީވުމަށް ގާތްގަނޑަކަށް 2.8 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.