އިންސްޓަގްރާމް ސްކޭމް
ހަބަރު
11 Jan 2026 | 11:26
17 މިލިއަން އިންސްޓަގްރާމް އެކައުންޓްގެ ޒާތީ މައުލޫމާތު ލީކުވެއްޖެ؛ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސްޓަގްރާމް ބޭނުންކުރާ ގާތްގަނޑަކަށް 17 މިލިއަން މީހުންގެ އަމިއްލަ ޒާތީ މައުލޫމާތު ލީކުވެފައިވާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.

މި މައުލޫމާތުތަކަކީ 2024 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅުންހުރި މައުލޫމާތުތަކެއް ނަމަވެސް، 2026 ވަނަ އަހަރުގެ މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، މި މައުލޫމާތުތައް މިހާރު ވަނީ ހެކަރުންގެ ފޯރަމްތަކުގައި އަލުން ދައުރުވާން ފަށާފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ މި މައުލޫމާތު ލީކުވުމާ ގުޅިގެން ދިވެހި ރައްޔިތުންވެސް ސަމާލުވުމަށް އިންޒާރު ދީފައެވެ.

ލީކުވެފައިވާ މައުލޫމާތުގެ ތެރޭގައި ބޭނުންކުރާ ފަރާތްތަކުގެ އީމެއިލް އެޑްރެސް، ފޯނު ނަންބަރު އަދި ޔޫސަރނޭމް ހިމެނެއެވެ. ސްކޭމް ކުރާ ފަރާތްތަކުން މި މައުލޫމާތު ބޭނުންކޮށްގެން ސައްހަ ކަމަށް ދައްކާ ފިޝިންގ މެސެޖުތައް ފޮނުވުމުގެ ފުރުސަތު ބޮޑުކަމަށް އެ ސެންޓަރުން ފާހަގަކުރެއެވެ.

އިންސްޓަގްރާމް އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް އެންޓި-ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ:

ޕާސްވޯޑް ބަދަލުކުރުން: އިންސްޓަގްރާމްގެ ރަސްމީ އެޕް މެދުވެރިކޮށް ޕާސްވޯޑް ބަދަލުކުރުން.

ޓޫ ފެކްޓަރ އޮތެންޓިކޭޝަން (2FA): އެކައުންޓަށް އިތުރު ރައްކާތެރިކަމެއް ހޯދުމަށްޓަކައި އޮތެންޓިކޭޓަރ އެޕެއް ބޭނުންކޮށްގެން 2FA އެކްޓިވޭޓް ކުރުން.

ލިންކުތަކަށް ސަމާލުވުން: ޝައްކުކުރެވޭ ފަދަ ޕާސްވޯޑް ރިސެޓް ލިންކުތަކަށް ނުފިއްތުން. އަދި އެއްވެސް މީހަކާ އޯ.ޓީ.ޕީ (OTP) ކޯޑު ހިއްސާ ނުކުރުން.

ތާރޑް ޕާޓީ އެޕްސް: އެކައުންޓާ ގުޅުވާފައިވާ ނޭނގޭ އެޕްތައް ޗެކްކޮށް، އެފަދަ އެޕްތައް ވަގުތުން އުނިކުރުން.

އެންޓި-ސްކޭމް ސެންޓަރުން އިތުރަށް ބުނެފައިވަނީ، ސްކޭމަރުންނަށް ކާމިޔާބު ލިބެނީ ބޭނުންކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ހޭލުންތެރި ނުވެ ހިމޭނުން ތިބުމުން ކަމަށެވެ.

އެހެންކަމުން، އެއްވެސް ބާވަތެއްގެ ސްކޭމެއް ހިނގައިފިނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި