ވޯޓުލުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
11 Jan 2026 | 11:11
އިންތިހާބުތަކުގެ ވޯޓުލުމާއި ވޯޓުގުނުން ޑިޖިޓަލައިޒެއް ނުކުރާނަން: އީސީ

ދިވެހިރާއްޖޭގައި އެއްވެސް އިންތިހާބެއްގައި ވޯޓުލުމާއި ވޯޓް ގުނުން ޑިޖިޓަލައިޒް އެއް ނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. 

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލުގެ އިންތިހާބުގެ ހުރިހާ އިދާރީ ކަންކަމެއް ކުރިއަށް ގެންދަނީ ޑިޖިޓަލައިޒްކޮށް ނަމަވެސް ވޯޓް ނެގުމާއި ވޯޓު ގުނުން އަދި ނަތީޖާ އިއުލާން ކުރުން  ޑިޖިޓަލައިޒްކޮށް ކުރިއަށް ނުގެންދާނެކަމަށެވެ. 

"މިސާލަކަށް ވޯޓުލުމާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އާއި ވޯޓުގެ ނަތީޖާއާ ގުޅިގެން އަންނަ ކަންތައްތަކާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ޑިޖިޓަލައިޒެއް ނުކުރާނެ. އެކަން ކުރާނީ ހަމަ ފިޒިކަލްކޮށް މާޒީގައި ވެސް އަޅުގަނޑުމެން ކުރަމުން އައި ގޮތަށް،" 

 އީސީގެ ރައީސް މުހައްމަދު ޒާހިދު 

ޒާހިދު އިތުރަށް ވިދާޅުވީ ވޯޓުގުނުމާއި ވޯޓުގެ ނަތީޖާއާއި ގުޅޭ ކަންކަން ކުރިން ކުރަމުން އައި ގޮތައް އެއްވެސް ބަދަލެއް ނުގެންނާނެކަމަށާއި، އެ ބަދަލު އަންނާނެ އެއްވެސް ހާލަތެއް އިލެކްޝަން ކޮމިޝަނަށް ކުރިމަތިވާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުލުން ވެސް ވީހާވެސް އަމާންއޮމާން ކަމާއެކު، އިންސާފުވެރިކޮށް އަދި ނުފޫޒެއްނެތި ކުރިއަށް ގެންދިއުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ. 

ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 4 ގައެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް އެ ދުވަހު ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި އިންތިހާބުގައި 48 ޓީމުގެ މަތިން، ތަމްރީނުދެވިފައިވާ 7000 އެއްހާ އީސީ އޮފިޝަލުން މަސައްކަތްކުރާނެކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި