ހޯމް މިނިސްޓަރު އަލީ އިހްސާން ވާހަކަ ދައްކަވަނީ --
ހަބަރު
11 Jan 2026 | 13:34
އައްޑޫ ކަައުންސިލުން ކުރީ އުނދަގޫ، އެކަހަލަ ކައުންސިލެއް ދެން ނުހޮވާ: އިހްސާން

މި ސަރުކާރުން އައިސް މިވީ ދެ އަހަރުތެރޭ އައްޑޫ ސިޓީ ކައުންސިލުން ކުރީ "އުނދަގޫ" ކަމަށް ވިދާޅުވެ އެފަދަ ކައުންސިލެއް ދެން އިންތިހާބު ނުކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން އެދިވަޑައިގެންފަ އެވެ.

އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ މަގުއްދޫ ދާއިރާގެ ކެމްޕޭނު އޮފީސް ހުޅުވުމަށް ފަހު ދެއްކެވި ވާހަކަގައި އެވެ. އިހްސާން ވިދާޅުވީ މިދިޔަ ދެ އަހަރު މިހާރު އޮތް އައްޑޫ ކައުންސިލުން ސަރުކާރަށް އެކަށީގެންވާ އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި އުނދަގޫ ކުރި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރަށް އުނދަގޫކުރާ އަދި އެއްބާރުލުން ނުދޭ ކައުންސިލެއް އޮތުމަކީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީއަށް ހުރަސް އެޅި މަޝްރޫއުތައް ހުއްޓި މަޑުޖެހޭ ކަމެކެވެ. އެހެން އެކަން ވަނީ ކައުންސިލުތަކުން ސަރުކާރަށް އުނދަގޫ ކުރުމުގެ ގޮތުން އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ މަރަދޫގައި ޕޮލިސް ސްޓޭޝަނަށް އެޅުމަށް ކުރަމުންދާ މަސައްްކަތެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފެށުމަށް ސަރުކާރުން ބޭނުންވިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ކައުންސިލުން ބިން ކަނޑައަޅާ ބިން ދިނުމުގައި ލަސް ކުރަމުންދާ ކަމަށެވެ. މިފަދަ ކޮންމެ ކަމަކުން ދެރައާ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

މީގެ ކުރީން ވެސް ރައީސް ޔާމީންގެ ވެރިކަމުގައިވެސް އޭރު އޮތް ކައުންސިލުން އަމަލުކުރީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި އަބަދުވެސް އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ސިޓީ އެކެވެ. ނަމަވެސް ނިމިިދޔަ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި އެ ތާއީދު ދަށްވެފައި އޮތް މިންވަރު ފެނުނެވެ. މިނިސްޓަރު އިހްސާން ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މިހާރު އޮތް ފަދަ ކައުންސިލެއް އިންތިހާބު ނުކުރަން އެދިވަޑައިގެންފަ އެވެ.

އޭގެ ބަދަލުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ ބަޔަކު ސިޓީއާ ރަށްރަށުގެ ވެރީންގެ ގޮތުގައި އިންތިހާބު ކުރުމަށް އެދިވަޑައިގަތެވެ. 

މިފަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫއާ މީދޫގައި އިންތިހާބު ކުރާނީ ވަކި ދެ ކައުންސިލެކެވެ. ދެން އޮތް ރަށްތަކަށް ސިޓީ ކައުންސިލެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.