އެމެރިކާގެ ރައީސް ޓްރަމްޕް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
12 Jan 2026 | 08:40
އީރާނު މައްސަލައިގެ ތެރެއަށްވެސް އެމެރިކާ ވަންނަނީ، ބުނީ ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އަޅާނެކަމަށް

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާއިން ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ "އެއާ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނާ މެދު އެޅޭނެ "ވަރުގަދަ ފިޔަވަޅުތަކެއް" އެމެރިކާގެ އަސްކަރިއްޔާއިން ވަރަށް ސީރިއަސްކޮށް ދިރާސާކުރަމުންދާ ކަމަށެވެ.

ޓްރަމްޕް ބުނި ގޮތުގައި، އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން އީރާނުގެ ލީޑަޝިޕުން ވަނީ މަޝްވަރާ ކުރުމަށް އެދިފައެވެ. އަދި މިކަމާ ގުޅޭ ބައްދަލުވުމެއް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެހެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، އެ ބައްދަލުވުމުގެ ކުރިން ވެސް އީރާނާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދީފައެވެ.

އެމެރިކާގެ މި އިންޒާރުތަކާ ގުޅިގެން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާނަށް ހަމަލާއެއް ދީފިނަމަ، އިސްރާއީލުގެ ބިންތަކާއި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަނަވަރުތަކަށް އީރާނުން ހަމަލާދޭނެ ކަމަށެވެ.

އީރާނުގައި މި މުޒާހަރާތައް ފެށުނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު، އެ ގައުމުގެ ފައިސާގެ އަގު ދަށަށް ދިއުމާ ގުޅިގެން ތެހެރާންގެ ގްރޭންޑް ބާޒާރުގެ ވިޔަފާރިވެރިން ފިހާރަތައް ބަންދުކޮށް އިހުތިޖާޖު ކުރަން ފެށުމުންނެވެ. މި މުޒާހަރާތައް މުޅި ގައުމަށް ފެތުރިގެން ދިޔައިރު، މިހާރު މުޒާހަރާގެ ބައިވެރިން ދަނީ 1979 ވަނަ އަހަރުން ފެށިގެން އީރާނުގައި އޮތް ދީނީ ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ 109 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، ގައުމުން ބޭރުގައި ތިބި އިދިކޮޅު ހަރަކާތްތެރިން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ ގިނަ އެވެ.

އީރާނާ މެދު އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންގާރަ ދުވަހު އިސް މުޝީރުންނާ، ޓްރަމްޕް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިޔަވަޅުތަކުގެ ތެރޭގައި އަސްކަރީ ހަމަލާތަކާއި، ސައިބަރ ހަމަލާތަކާއި، ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އީރާނުގައި އިންޓަނެޓްގެ ހިދުމަތް ކެނޑިފައިވާތީ، މަހުޖަނު އީލޮން މަސްކްގެ ސްޓާލިންކް މެދުވެރިކޮށް އެ ގައުމަށް އިންޓަނެޓް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ޓްރަމްޕް މަޝްވަރާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ގްރީންލޭންޑް ބައްލަވައިގަތުމާ ގުޅޭގޮތުން ޑެންމާކާ ވާހަކަދައްކަވަމުންދާ ކަމަށާއި، ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯއާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބައްދަލުކުރާނެ ކަމަށް ވެސް ރައީސް ޓްރަމްޕް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި