އިރާނުގެ މުޒާހަރާގެ ތެރެއިން: ފޮޓޯ/ ބީބީސީ
ދުނިޔެ
12 Jan 2026 | 09:25
އެމެރިކާއިން ހަމަލާދީފިނަމަ އިސްރާއީލާއި އެމެރިކާގެ ސިފައިންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގައި ކުރަމުންދާ ސަރުކާރާ ދެކޮޅު ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެމެރިކާއިން އެ ގައުމަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، އިސްރާއީލާއި މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ދެއްވައިފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާނާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކުރާތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 116 މީހުން މަރުވެ، 2,600 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ.

އީރާނު ސަރުކާރުން ވަނީ މުޒާހަރާތަކުގެ މައުލޫމާތު ބޭރަށް ދިޔަ ނުދިނުމަށްޓަކައި އިންޓަރނެޓާއި ފޯނުގެ ޚިދުމަތްތައް މެދުކަނޑާލާފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނު މައްސަލައިގެ ތެރެއަށް އެ ގައުމުން ވަންނަން އުޅޭކަމަށް ބުނެފައެވެ. 

ޓްރަމްޕް އެކަން އިއުލާނު ކުރުމާއެކު، އީރާނުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޤާލީބާފް ވިދާޅުވީ، އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށާއި، އިސްރާއީލުގެ ބިންތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަނަވަރުތަކަށް ހަމަލާދޭން ފަސްނުޖެހޭނެ ކަމަށެވެ. މި ޖަލްސާގައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ "އެމެރިކާ ހަލާކުވެދާށި" (Death to America) އޭ ބުނެ އަޑުގަދަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް ތާއީދުކޮށް، އީރާނުގެ ރައްޔިތުން މިނިވަންކަމަށް އެދި ގޮވަމުންދާ ކަމަށް ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އީރާނަށް ހަމަލާދިނުމަށްޓަކައި އަސްކަރީ އެކި ގޮތްތައް ޓްރަމްޕަށް ވަނީ ހުށަހެޅިފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ ޓްރަމްޕްގެ އިންޒާރުތަކަކީ ސީރިއަސް އިންޒާރުތަކެއް ކަމަށް ބުނެ އީރާނަށް އިންޒާރު ދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ތެހެރާނުގެ ޕުނާކް އަވަށާއި، ދީނީ ގޮތުން މުހިންމު ސިޓީއެއް ކަމަށްވާ މަޝްހަދުގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. މަޝްހަދުގައި މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް ބަންދުކޮށް، ސަލާމަތީ ބާރުތަކާ ކުރިމަތިލާފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބައެއް ސިޓީތަކަކީ އަމާން ތަންތަން ކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، ގައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ދަނީ ފެތުރެމުންނެވެ. މި ހަނގުރާމަވެރި މާހައުލުގައި އީރާނުން އަސްކަރީ ފިޔަވަޅެއް އަޅާނެތޯ ނިންމަވާނީ އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުالله އަލީ ޚާމަނާއީއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި