އެމްއެންޔޫގެ ދަރިވަރުންތަކެއް: ފޮޓޯ/ އެމްއެންޔޫ
ހަބަރު
12 Jan 2026 | 15:45
ޤައުމީ ޔުނިވަރސިޓީގެ ފެބްރުއަރީ އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އިންޓޭކުގައި ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން ތަފާތު ދާއިރާތަކުން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އެމްއެންޔޫ އިން ހާމަކޮށްފައިވާ ގޮތުގައި، މި އިންޓޭކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 ޖަނަވަރީ 2026 އެވެ. ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެމްއެންޔޫގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތަފްޞީލު courses.mnu.edu.mv އިން ފެންނަން ހުންނާނެއެވެ.

ކޯސްތަކަށް ކުދިން ހޮވުމުގައި ޢަމަލުކުރާނެ އުޞޫލުތަކަށް ބަލާއިރު، ޝަރުޠު ހަމަވި ނަމަވެސް، ފޯމު ހުށަހަޅާ ތަރުތީބަށާއި ލިބޭ އެޕްލިކޭޝަންގެ އަދަދަށް ބަލައި، ހުރިހާ ދަރިވަރުންނަށް ފުރުޞަތު ނުލިބިދާނެ ކަމަށް ޔުނިވަރސިޓީން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، ކޯހެއް ހިންގުމަށް ބޭނުންވާ އެންމެ މަދު އަދަދަށް ދަރިވަރުން ހަމަނުވާނަމަ، އެ ކޯހެއް ފަސްކުރުން ނުވަތަ ކެންސަލް ކުރެވިދާނެ ކަމަށް ބުންޏެވެ. އެގޮތުން ސެޓްފިކެޓް އަދި އެއް އަހަރުގެ ޑިޕްލޮމާ ކޯސްތަކަށް މަދުވެގެން ދަރިވަރުން، އަދި ޑިގްރީ ކޯސްތަކަށް މަދުވެގެން 15 ދަރިވަރުން ބޭނުންވާނެއެވެ.

ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި ގެންގުޅޭ މިންގަނޑުތަކަށް ބަލާއިރު، ޖީސީއީ އޯލެވެލް، އެސްއެސްސީ އަދި އެޗްއެސްސީ އިމްތިޙާނުތަކުން "ސީ" އިން ފެށިގެން މަތީ ގްރޭޑްތަކަކީ ފާސް މާކްސްގެ ގޮތުގައި ބަލާނެއެވެ. އަދި ޖީސީއީ އޭލެވެލް އިން "އީ" އިން ފެށިގެން މަތީ ގްރޭޑްތައް ފާސް މާކްސްގެ ގޮތުގައި ބަލާނެ ކަމަށް ޔުނިވަރސިޓީން ބުނެއެވެ.

ފައުންޑޭޝަން ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން، އެ ކޯސް ނިންމުމަށްފަހު ދެން ވަންނަން ބޭނުންވާ ޑިގްރީ ކޯހުގެ ޝަރުޠުތައް ހަމަވާނެކަން ކުރިއާލާ ކަށަވަރު ކުރުމަށްވެސް ޔުނިވަރސިޓީން އިރުޝާދު ދެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ ޔުނިވަރސިޓީގެ ރަސްމީ ވެބްސައިޓް www.mnu.edu.mv އަށް ޒިޔާރަތްކުރުމަށް އެމްއެންޔޫ އިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ