މަތީ ތައުލިމު ހާސިލުކުރި ދަރިވަރުން ދަސްވެނިވި ވުމުގެ ހަފްލާއެއްގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
13 Jan 2026 | 08:56
މިދިޔަ އަހަރު ސްޓޫޑެންޓް ލޯނަށް 548 މިލިޔަން ރުފިޔާ

މިދިޔަ 2025 ވަނަ އަހަރު މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯންގެ ގޮތުގައި 548 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެއްކޮށް، ސްޓޫޑެންޓް ލޯނުގެ ގޮތުގައި 1.24 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން މިދިޔަ އަހަރު ހަރަދުކޮށްފައިވަނީ 548،162،080 ރުފިޔާއެވެ. އެއަހަރުގެ ތެރޭގައި 359 އަންހެން ދަރިވަރުންނާއި، 237 ފިރިހެން ދަރިވަރުން ހިމެނޭނެހެން، ޖުމުލަ 596 ދަރިވަރުންނަކަށް ލޯނު ހަމަޖައްސައިދީފައިވެއެވެ. 2025 އަދި 2024 ވަނަ އަހަރު އެއްކޮށް 749 އަންހެން ދަރިވަރުންނާއި، 568 ފިރިހެން ދަރިވަރުން ހިމެނޭނެހެން، ޖުމުލަ 1438 ދަރިވަރަކަށް ސްޓޫޑެންޓު ލޯނު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. 

ކޮންމެ އަހަރަކުވެސް 500 ކުދިންނަށް ލޯނު ދިނުމަށް އިއުލާނުކޮށް، ވޭތުވެދިޔަ 2 އަހަރު، ޖުމުލަ 1000 ކުދިންނަށް ލޯނު ދިނުމަށް އިއުލާންކުރެވިފައިވާކަމަށްވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ފުރުސަތުގައި ޝަރުތު ހަމަވާ ގިނަ ކުދިންތަކެއް ކުރިމަތިލުމާ ގުޅިގެން ސަރުކާރުންވަނީ ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ފުރުސަތު ދިނުމަށް 2025 ވަނަ އަހަރު ނިންމާ، އެ އަހަރު އެކަނިވެސް 862 ދަރިވަރުންނަށް، ސްޓޫޑެންޓް ލޯންގެ ދަށުން ފުރުސަތު ދީފައެވެ. މިއާއިއެކު ވޭތުވެދިޔަ 2 އަހަރު ސްޓޫޑެންޓު ލޯނު ދޫކުރި ދަރިވަރުންގެ އަދަދު ވަނީ  ޖުމުލަ 2108 އަށް އަރާފައެވެ. 

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސްޓޫޑެންޓް ލޯނުގެ ދަށުން މިވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 36 ޤައުމެއްގައި 1740 ދަރިވަރަކު ތަޢުލީމު ޙާސިލުކުރަމުން އަންނަކަމަށެވެ.

ދައުލަތުން މަތީ ތަޢުލީމަށް ކުރަމުންދާ ޚަރަދު އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. އެގޮތުން ގިނަ ކުދިންނަށް މަތީ ތައުލިމު ހާސިލުކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ދޭން ފަށައިފާއިވާ ސްޓޫޑެންޓު ލޯނުތަކަކީވެސް މިގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ލޯނުގެ ދަށުން އެކުއްޖަކު ބޭނުން ޤައުމަކުން ކިޔެވުމުގެ އިންތިޒާމު ވެސް ސަރުކާރުން ދަނީ ހަމަޖައްސައިދެމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ