ނިއުޔޯކުގައި ނަރުހުން ހިންގަމުންދާ ހަޅުތާލުތެ ތެރެއިން-- ފޮޓޯ/ސީބީއެސް ނިއުސް
ދުނިޔެ
13 Jan 2026 | 10:00
ނިއުޔޯކުގެ ނަރުހުންގެ ހަޅުތާލުތަކާއި ގުޅިގެން ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށް ބުރޫއަރައިފި

ނިއުޔޯކް ސިޓީގެ މައި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ގާތްގަނޑަކަށް 15,000 އެއްހާ ނަރުހުން މިދިޔަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި، އެ ސިޓީގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ނަރުހުންގެ ހަޅުތާލު ފަށާފިއެވެ. 

މި ދުވަސްވަރަކީ ފިނި މޫސުންކަމުން އިންތިހާއަށް ބަލިމަޑުމަޑުކަން އެގައުމުގައި ފެތުރެމުންދާ ދުވަސްވަރެއްގައި މިފަދަ ކަމަކާއި ކުރިމަތިވުމުން އެތައް ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އަގި މި ދުވަސްވަރު ބަލިމީހުންނަށް ދޭ ފަރުވާގެ ފެންވަރާ މެދު ވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ނިއުޔޯކް ސްޓޭޓް ނާސަސް އެސޯސިއޭޝަން(އެންވައިއެސްއެންއޭ) ތަމްސީލުކުރާ މި ނަރުހުންނަކީ މައުންޓް ސިނާއީ، މޮންޓެފިއޯ މެޑިކަލް ސެންޓަރ އަދި ނިއުޔޯކް-ޕްރެސްބިޓީރިއަން ފަދަ މައި މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މި ހަޅުތާލު ފަށާފައިވަނީ ހޮސްޕިޓަލްތަކުގެ މެނޭޖްމަންޓާއި ޔޫނިއަނާ ދެމެދު އާ އެއްބަސްވުމަކަށް އައުމަށް މަސްތަކެއް ވަންދެން ކުރި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

ނަރުހުން ބުނާ ގޮތުގައި މި ހަޅުތާލުގެ މައިގަނޑު ސަބަބަކީ ހޮސްޕިޓަލްތަކުގައި ދާއިމީކޮށް ނަރުހުން މަދުވުމުގެ މައްސަލައާއި، އެކަށީގެންވާ ވަރަށްވުރެ ގިނަ ބަލިމީހުން ބަލަން ޖެހުމުގެ ސަބަބުން މަސައްކަތުގެ މާހައުލު ނުރައްކާތެރިވެ، ބަލިމީހުންގެ ރައްކާތެރިކަމަށް ބުރޫއަރަމުންދިއުމެވެ. އެ ޔޫނިއަންގެ ލީޑަރުން ހާމަކުރި ގޮތުގައި، ގިނަ ނަރުހުންނަށް އެމީހުންގެ ގާބިލިއްޔަތަށްވުރެ ގިނަ ބަލިމީހުން ބަލަން މަޖުބޫރުވުމުގެ ސަބަބުން، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވެ، ފަރުވާ ދިނުމުގައި ގޯސްތައް ހެދުމުގެ ފުރުސަތު ބޮޑުވެ، ޚިދުމަތުގެ ފެންވަރު ދަނީ ދަށްވަމުންނެވެ.

ނަރުހުން މަދުވުމުގެ މައްސަލައިގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ސިއްހީ އިންޝުއަރެންސްގެ ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ނިއުޔޯކްގެ ދިރިއުޅުމުގެ ޚަރަދުތަކާ އެކަށީގެންވާ ވަރަށް އުޖޫރަ ބޮޑުކުރުމަށް ވެސް ނަރުހުން ދަނީ ގޮވާލަމުނެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުވުމެއް ނެތި، ނަރުހުންނަށް ކުރިމަތިވާ ފިއްތުންތައް އިތުރުވާ ގޮތަށް ޓެކްނޮލޮޖީއާއި މެނޭޖްމަންޓްގެ އުސޫލުތައް ބޭނުންކުރަމުންދާ ދިއުމާ މެދު ވެސް ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް، ހޮސްޕިޓަލްތަކުގެ އިސްވެރިން ބުނަމުންދަނީ މިހާރު ވެފައިވާ އައު އެއްބަސްވުންތަކުގެ މުއްދަތުގައި ވެސް ބިލިއަނުން ޑޮލަރު ޚަރަދުވާނެތީ، އެޔޫނިއަނުން ހުށަހަޅާފައިވާ ކަންކަމަކީ މާލީ ގޮތުން ބަލާއިރު ދެމެހެއްޓެނިވި ކަންކަން ނޫން ކަމަށެވެ.  

ނިއުޔޯކުގައި ނަރުހުން ހިންގަމުންދާ ހަޅުތާލުތެ ތެރެއިން-- ފޮޓޯ/ސީބީއެސް ނިއުސް

މި ހަޅުތާލު ފެށުމުގެ ކުރިން، ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯކުލް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރައްވާފައެވެ. މިއާއެކު، އެގައުމުގެ އެހެން ސްޓޭޓްތަކުން ވަގުތީ ނަރުހުން ގެނައުމުގެ ފުރުސަތު ހޮސްޕިޓަލްތަކަށް ލިބި، ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންގޮސްފައިވެއެވެ. ނަމަވެސް ހޮސްޕިޓަލްތަކާއި އެމަޖެންސީ ޑިޕާޓްމަންޓްތަކުގެ ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށްދިޔަޔަސް، މާ އަވަސް ނޫން އޮޕަރޭޝަންތަކާއި އެޕޮއިންޓްމަންޓްތައް ފަސްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ސިއްޙީ ދާއިރާގެ އިދާރާތަކުން ވަނީ، މުވައްޒަފުން މަދުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވި ނަމަވެސް، ކުއްލި ފަރުވާ ބޭނުންވާ ކަންކަމުގައި ލަސްނުކުރުމަށް އިލްތިމާސްކޮށްފައެވެ. މި ހަޅުތާލު މި ކުރިމަތިވީ އިންފްލުއެންޒާ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިފައިވާ ދަނޑިވަޅެއްގައި ކަމުން، މިއީ މިހާރުވެސް ބާރުބޮޑުވެފައިވާ ސިއްޙީ ނިޒާމަށް އިތުރަށް ބާރުބޮޑުވެގެންދާނެ ކަމެކެވެ.

މި ހަޅުތާލާއި ގުޅުވާ ނިއުޔޯކް ސިޓީގެ މޭޔަރ ޒޯހްރާން މަމްދާނީ ވަނީ ނަރުހުންނަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ހަޅުތާލުގެ ބައިވެރިންނާ ގުޅިވަޑައިގެންފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ރައްކާތެރި ސިއްޙީ ޚިދުމަތަކަށްޓަކައި އަދި މުވައްޒަފުންގެ ކަރާމާތް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތެކެވެ.

 ނިއުޔޯކް ސިޓީގެ މޭޔަރ ޒޯހްރާން މަމްދާނީ ނަރުހުންގ ެމުޒާހަރާގައި ބައިވެރިވުމުގެ ތެރެއިން-- ފޮޓޯ/ސީބީއެސް ނިއުސް 

މިކަމާ ގުޅޭގޮތުން އާންމުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ގިނަ ބަޔަކު ނަރުހުންގެ ހުށަހެޅުންތަކަށް ތާއީދުކުރާއިރު، ބައެއް ފަރާތްތަކުން ވަނީ ސިއްޙީ ޚިދުމަތްތަކަށް ބުރޫއަރައިފާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހަޅުތާލު ނިމުމަކަށް އަންނާނެ ވަކި ދުވަހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ޔޫނިއަނާއި ހޮސްޕިޓަލުގެ މަންދޫބުންނާ ދެމެދު މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ދިޔަ ނަމަވެސް، މައްސަލައަށް ހައްލެއް ލިބިދާނެ ފަދަ ކުރިއެރުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ޔޫނިއަންގެ އިސްވެރިން ބަޔާންކުރާ ގޮތުގައި، މުވައްޒަފުންގެ އަދަދު އިތުރުކުރުމާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެދެވޭ ފިޔަވަޅުތަކެއް ނޭޅެނިސް ނަރުހުން ހަޅުތާލު ހުއްޓައެއް ނުލާނެއެވެ. އެހެންކަމުން، ހޮސްޕިޓަލުގެ އިސްވެރިން މަސައްކަތް ކުރަމުންދަނީ ދެފަރާތުން އެއްބަސްވެވޭ ފަދަ މެދު މިންގަނޑެއްގެ ހައްލަކަށް ވާސިލުވުމަށެވެ.

މި މަޝްވަރާތައް ކުރިއަށްދާއިރު، މި ހަޅުތާލުގެ ސަބަބުން އެމެރިކާގެ ސިއްހީ ދާއިރާގައި މުވައްޒަފުންގެ ދަތިކަމާއި، މަސައްކަތުގެ ބުރަކަމުގެ ސަބަބުން ކުރިމަތިވާ ވަރުބަލިކަމުގެ އިތުރުން، ހޮސްޕިޓަލްތަކުގެ މަސައްކަތްތެރިންނާއި މެނޭޖްމަންޓާ ދެމެދު އޮންނަ ގުޅުމުގެ ފެންވަރާއި މުސްތަގުބަލާ މެދު އެ ގައުމުގައި ކުރެވޭ ބަހުސްތައް ވަނި އިތުރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.