އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު-- ފޮޓޯ/ ރިއުޓާސް
ދުނިޔެ
13 Jan 2026 | 11:03
އީރާނާ އެކު ވިޔަފާރިކުރާ ހުރިހާ ގައުމެއްގެ މުދަލުން އެމެރިކާއިން ބޮޑު ޓެރިފެއް ނަގަނީ

އީރާނާއެކު ވިޔަފާރި ކުރާ ޤައުމުތަކުން އެމެރިކާއަށް މުދާ އެތެރެކުރާނަމަ ބޮޑު ޓެރިފެއް ނަގަން އެމެރިކާއިން ނިންމައިފިއެވެ.

މިގޮތުން، އީރާނާ އެކު ވިޔަފާރިކުރާ ހުރިހާ ގައުމެއްގެ މުދަލުން 25 ޕަސެންޓުގެ ޓެރިފް ނަގަން ނިންމައި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އިއުލާނުކުރައްވާފައެވެ. މިކަމާއި ގުޅޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނުވަތަ ޤާނޫނީ ހަމައެއް އެމެރިކާގެ ސަރުކާރުން މިހާތަނަށް ޙިއްޞާކޮށްފާ ނުވިނަމަވެސް އެ ނިންމުމަށް ވަގުތުން ޢަމަލުކުރަން ފަށާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 

އީރާނާ އެކު ވިޔަފާރިކުރާ ގައުމުތަކުގެ މުދަލުން ޓެރިފް ނަގާނެކަން ޓްރަމްޕު އިއުލާނުކުރައްވާފައި މި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިރާންގެ ރައްޔިތުން އެގައުމުގައި  ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެކަމާ ދެކޮޅަށް މުޒާހަރާކުރަން ފަށާ، އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރި، ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް 100 ބަޔަކު މަރުވެފައިވުމުން، އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހުއްޓުވަން ކުރާ މަސައްކަތުގައި މީހުން ގަސްތުގައި މަރަމުންދާ ކަމަށް ބުނެ އީރާނަށް ހަމަލާ ދިނުމުގެ އިންޒާރު ވެސް ތަކުރާރުކޮށް ދެއްވުމަށް ފަހުގައެވެ. 

އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން-- ފޮޓޯ/ ޔަހޫ ނިއުސް

މީގެ އިތުރުން، އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނޭ ގޮތަށް އީރާނާ ދެކޮޅަށް އެޅިދާނެ ތަފާތު ފިޔަވަޅުތަކާމެދު ވިސްނަވަމުންދާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މީގެ ރައްދުގައި މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަރުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނާ އެކު މައިގަނޑު ގޮތެއްގައި ވިޔަފާރިކުރާ ގައުމުތަކަކީ ޗައިނާ، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިރާގު ކަމަށް ޓްރޭޑިން އިކޮނިމިކްސްގެ ޑޭޓާބޭސް އިން ދައްކަ އެެވެ. މި ގައުމު ތަކުގެ މުދަލުން މިހާ ބޮޑު އަދަދެއްގެ ޓެރިފް ނަގަން ފަށައިފިނަމަ އޭގެ ނޭދެވޭ ފައިދާ މުޅި ދުނިޔޭގެ އިގްތިޞާދަށްވެސް ކުރާނެއެވެ. 

އެގޮތުން، މި ފިޔަވަޅާއި ގުޅިގެން ޗައިނާގެ މުދަލުން އެމެރިކާއިން ނަގަމުން ދިޔަ ޓެރިފް ވަނި %20 އިން %45 އަށޤ އަރާފައެވެ. 

2025 ވަނަ އަހަރުގެ ފުރަތަމަ 11 މަސްދުވަހުގެ ތެރޭގައި ޗައިނާއިން އީރާނަށް 6.2 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށް 2.85 ބިލިއަން ޑޮލަރު އިމްޕޯޓްކޮށްފައިވާ ކަމަށް ޗައިނާގެ ކަސްޓަމްސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި