ޑައިވިން ކުރަނިކޮށް މަރުވި ދެމަފިރިން: ފޮޓޯ/ ޑެއިލީމެއިލް
ހަބަރު
14 Jan 2026 | 12:10
ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސި ދެމަފިރިއަކު ރާއްޖޭގައި މަރުވެއްޖެ

އެލައިދޫ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިނގިރޭސިވިލާތުގެ ދެމަފިރިއަކު، ޑައިވިންގ ހާދިސާއެއްގައި މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 70 އަހަރުގެ އިލެއިން ރިޗްމަންޑް އާއި އޭނާގެ ފިރިމީހާ އުމުރުން 71 އަހަރުގެ މަލްކަމް ރިޗްމަންޑެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެއިން މަރުވެފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު މޫދަށް އެރި އުޅުމުގެ ތެރޭގައެވެ. އޭނާގެ ފިރިމީހާ މަލްކަމް މަރުވީ އޭގެ ތިން ދުވަސް ފަހުން، ޑިސެމްބަރު 22 ގައި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި ދެމަފިރިންނަކީ އިނގިރޭސިވިލާތުގެ ޑާބީޝަޔަރގެ އިންކަރސަލްއަށް ނިސްބަތްވާ، ރާއްޖެއަށް ވަރަށް ބޮޑަށް ލޯބިކުރި ދެމަފިރިންނެވެ. އެގޮތުން އެމީހުން ވަނީ މިހާތަނަށް ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކޮށްފައި ކަމަށާ ފާއިތުވި 17 އަހަރުވެސް ޑިސެންބަރު ޗުއްޓީ އެމީހުން ހޭދަކޮށްފައިވަނީ އެލައިދޫގައި ކަމަށް ޑެއިލީމެއިލްގައި ރިޕޯޓްކޮށްފައިވެއެވެ.

ޑައިވިން ކުރަނިކޮށް މަރުވި ދެމަފިރިން: ފޮޓޯ/ ޑެއިލީމެއިލް

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވި ނަމަވެސް، މިއީ "ސްކޫބާ ޑައިވިންގ" ހާދިސާއެއްކަން އެމީހުންގެ އާއިލާގެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ. މި މަރުތަކުގައި އެއްވެސް ތުހުމަތުކުރެވޭ ފަދަ ކަމެއް ނެތް ކަމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މި ދެމަފިރިންގެ ވަކިވުމާ ގުޅިގެން އެލައިދޫގެ މުވައްޒަފުންނާއި، އެ ރިސޯޓަށް ގަވާއިދުން ޒިޔާރަތްކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި ރިޗްމަންޑް ދެމަފިރިންނަކީ އެންމެންނާ ގުޅޭ، ވަރަށް ހިތްހެޔޮ ބައެކެވެ.

މި ދެމަފިރިންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބްރިމިންގްޓަންގައެވެ. އަދި އެމީހުންގެ މަރުގެ މައްސަލައިގެ ތަހުގީގު (އިންކުއެސްޓް) ޖެނުއަރީ 30 ވަނަ ދުވަހު ކޯޓުގައި ކުރިއަށްދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.