އީރާނުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން... ފޮޓޯ: އޭއެފްޕީ
ދުނިޔެ
14 Jan 2026 | 16:35
އީރާނުގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ދިއުމަށް އެދިއްޖެ

އީރާނުގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ދިއުމަށް ތެހެރާނުގައި ހުންނަ އެޤައުމުގެ އެމްބަސީން އެދިއްޖެއެވެ.

ތެހެރާނުގައި ހުންނަ އިންޑިއާގެ އެމްބަސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އީރާނުގެ މަޝްރަހް ކުރިއަށްދާގޮތުން މިވަގުތަށް އޮތް އެންމެ ރައްކާތެރި ގޮތަކީ އެޤައުމު ދޫކޮށް ދިއުންކަމަށެވެ. އެގޮތުން އީރާންގައި އެކި ބޭނުންތަކުގައި މިވަގުތު ތިބި އިންޑިއާގެ ރައްޔިތުން ފްލައިޓް ހަމަޖެހފައި އޮތްނަމަ ވީހާވެސް އަވަހަކަށް އިންޑިއާއަށް ދިއުމަށް އެމްބަސީން ވަނީ އެދިފައެވެ.

އެމްބަސީން ނެރުނު ބަޔާނުގައި ވަނީ މުޒާހަރާތައް ހިނގާ ސަރަހައްދުތަކަށް ގޮސް ނޫޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށްވެސް ވަނީ އެދިފައެވެ. 

އީރާނުގައި ހިނގަމުންދާ މުޒާހަރާތައް އިތުރުވެ، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން މިހާރުވެސް ގިނަ ޤައުމުތަކަކުން ވަނީ އީރާނުގައި ތިބި އެޤައުމުތަކުގެ ރައްޔިތުން އައުމަށް އިލްތިމާސްކޮށްފައެވެ. ތެހެރާންގެ ހިނގާދާ ހަމަނުޖެހުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އީރާނާ އެމެރިކާ އާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.