ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ތެރެިއން-- ފޮޓޯ/ އާރްޑީސީ
ހަބަރު
02 Dec 2025 | 20:22
ކޮލަމާފުށި މަގު ހެދުން ބާރަށް ކުރިއަށް

ގއ ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ އަދާހަމަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އާރްޑީސީން މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ސޯސަން މަގު އަދި އަމީނީމަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި އެ ރަށުގެ ގެޕް ފިލިންގ އާއި މަގު ލެވެލް ކުރުމުގެމަސައްކަތްވެސް ކުރަމުންދާ ކަމަށް އާރްޑީސީން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ތަރައްގީ ކުރުމަށް އާރްޑީސީން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިވަގުތުވެސް ރާއްޖޭގެ ގިނަ ރަށްތަކުގެ މަގުތައް ތަރައްގީ ކުރުމާއި ދުވާރު ރަނގަޅު ކުރުމުގެ ބުރަ މަސައްކަތް އާރްޑީސީން ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ
11 Jul 2026
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ