ހައްދުފަހަނައެޅި ޔަހޫދީންތަކެއް... ފޮޓޯ: އޭއެފްޕީ
ދުނިޔެ
19 Jan 2026 | 22:30
އާބާދުކުރާ ހިސާބުތަކުގައި ހުރިހާ ހަމަނުޖެހުމެއް ހިންގަނީ ހައްދުފަހަނައެޅި ޔަހޫދީން: އައިޑީއެފް ރިޕޯޓް

ފަލަސްތީނުގެ ވެސްޓްބޭންކްގެ ޔަހޫދީން އާބާދުކުރާ ހިސާބުތަކުގައި ހުރިހާ ހަމަނުޖެހުމެއް ހިންގަނީ ހައްދުފަހަނައެޅި ޔަހޫދީންކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ފަލަސްތީނުގެ އެންމެ މުއްސަނދި ބިންތައް ފޭރިގަނެ، އިސްރާއީލުން ވަނީ އެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމުގެ ވަރަށްބޮޑު މަޝްރޫޢުއެއް ފަށާފައެވެ. މީގެ ތެރެއިން ވެސްޓްބޭންކްގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރިކުރުވައި، މިދިޔަ އަހަރު ބޮޑެތި ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގާފައެވެ. މި ހަމަނުޖެހުންތައް ފެށިގެން ގޮސްފައިވަނީ އޮލިވް ދަނޑުތަކަށް ޔަހޫދީގެ ހައްދުފަހަނަ އެޅި ޒުވާނުންތަކެއް ހަމަލާދޭންފެށި ހިސާބުންނެވެ.

އިސްރާއީލްގެ ޑިފެންސް ފޯސްއިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، ވެސްޓްބޭންކުގެ ވަޒަންވެރިކުރުވި ޔަހޫދީންގެ ސަބަބުން އެ ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ހިނގާދިޔަ މިންވަރު 50 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. މިކަމުގެ ސަބަބެއްކަމަށް ރިޕޯޓްގައި ބުނެފައިވަނީ ހައްދުފަހައެޅި 300 ވަރަކަށް ޔަހޫދީންގެ ވާހަކައެވެ. އިސްރާއީލްގެ މި ރިޕޯޓްގައި ވަނީ ހައްދުފަހަނައެޅި ޔަހޫދީންގެ ސަބަބުން އިސްރާއީލް ސިފައިންނަށްވެސް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކޮށްފައެވެ.

އިސްރާއީލް ސިފައިން ފާހަގަކުރާ ހައްދުފަހަނައެޅި ޔަހޫދީންނަކީ ފަލަސްތީނު މީހުންގެ ދަނޑުތަކުގައި ހުޅުޖެހުންފަދަ އަމަލުތައް ހިންގާ ވަރަށް އަނިޔާވެރިބައެކެވެ. އެމީހުންގެ އުނދަގޫ އެންމެބޮޑަށް ޖެހެނީ އޮލިވް މޫސުން އައިސް ފަލަސްތީނުގެ ދަނޑުތަކުގައި ހުންނަ އޮލިވް ގަސްތަކުގައި އޮލިވްތައްއަޅާފައި އޮންނަދުވަސްވަރެވެ. 

ފަލަސްތީނު މީހެއްގެ އޮލިވް ގަސްތައް ހުންނަ ބިމެއްގައި ހުޅުޖަހާފައި.. ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ އޮލިވް ދަނޑުތަކަކީ އެމީހުންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބައެވެ. ފަލަސްތީނު ރައްތިތުންގެ ތެރެއިން 80،000 އާއި 100،000 މީހުންނަކީ އޮލިވްދަނޑުތަކުން ލިބޭ ނަފާއިން ދިރިއުޅުން ކުރިއަށްގެންދާ މީހުންނެވެ. މި މަސައްކަތް ކުރާ މީހުންގެ 15 އިންސައްތަ އަކީ އަންހެނުންނެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު އަދި ނޮވެމްބަރަކީ އޮލިވްގެ ވިޔަފާރި އެންމެ ރަނގަޅު ދުވަސްވަރެވެ. ރިޕޯޓްތައް ބުނާގޮތުގައި 2018 ވަނަ އަހަރާ ހަމަޔަށް އާއިރު، އޮލިވް ވިޔަފާރިން ފަލަސްތީނަށް އަހަރެއްގެ މައްޗަށް ޖުމްލަ 191 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. މި ސަބަބަށްޓަކައި އިސްރާއީލްގެ ހައްދުފަހަނައެޅި ޔަހޫދީންގެ ގްރޫއްޕުތަކުން ވަނީ އޮލިވްދަނޑުތައް ހުންނަ ސަރަހައްދުތަކުން ފަލަސްތީނު ރައްޔިތުން ބޭލުމަށް ހަރަކާތްތަކެއްވެސް ފަށާފައެވެ.

އިސްރާއީލްގެ ހައްދު ފަހަނައެޅި ޒުވާނުންގެ ބަޔަކު މިދިޔަ އަހަރުގެ އޮލިވް މޫސުމްގައި ފަލަސްތީނު ރައްޔިތުންގެ ގިނަ އަދަދެއްގެ އޮލިވްދަނޑުތަކުގައި ހުޅުޖެހިއިރު، ދަނޑަށް އަންނަ ފަލަސްތީނުގެ އުމުރުން ދުވަސްވީ އަންހެނުންނަށް ހަމަލާދިނުމުގެ ހާދިސާތައް ވަރަށްގިނައިން ހިނގާފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.