ގަލޮޅު ދަނޑު:
ހަބަރު
20 Jan 2026 | 13:03
ގަލޮޅުދަނޑު އުވާލައި، ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭގައި އަޅަނީ

ގަލޮޅު ދަނޑު އުވާލައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީކުރަން ނިންމާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ގަލޮޅު ދަނޑަކީ ރާއްޖޭގެ ތާރީޚާ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނެއް ކަމަށެވެ. އެހެން ނަމަވެސް، އެތަނަކީ ބައިނަލްއަޤުވާމީ ސްޓޭޑިއަމް އެއްގެ ސިފައިގައި ގާއިމް ކުރަން އެންމެ އެދެވޭ ތަން ނޫން ކަމަށެވެ. 

އެހެން މިވަނީ އެތަނުގެ ސޭފްޓީއާއި ސެކިޔުރިޓީއާ އަދި އެހެނިހެން ގޮތް ގޮތުންވެސް، މާނައަކީ ޕާކިންއާ، ޓްރެފިކާއި އަދި އާއްމު ރައްޔިތުން ދިރިއުޅޭ ތަނެއްގެ މެދުގައި އެ އިނުމަކީ ކުޅިވަރުކުޅޭ ތަނެއް މިހާރު ގާއިމްކުރަން ބަލާއިރު  އެންމެ އެކަށީގެންވާ ތަނެއް ނޫން. އެހެންކަމުން މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް  ހުޅުމާލޭގެ ފޭސް 1 އަށް ބަދަލުކުރުން.

ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު

ވަޒީރު އިތުރަށް ވިދާޅުވީ، ގަލޮޅު ދަނޑަކީވެސް، މިހާރު އެ ތަނުގެ ހާލަތު އޮތް ގޮތުން ތަޅާނުލައި ބަހައްޓާވަރުގެ ތަނެއް ނޫނން ކަމަށާ، ގަލޮޅު ދަނޑު ތަޅާލުމަށް ފަހު އާންމުންނަށް ފަސޭހައިން ވަދެ ނުކުމެވޭ، ކުޅިވަރު ކުޅޭ ތަނެއްގެ  ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެހެންވީމާ ގަލޮޅު ދަނޑަކީ ފިޒިކަލް އެކްޓިވިޓީއަށް އަދި ކުޅުމަށް ހަދާފައި އޮތް  ތަނެއް. އެހެން ނަމަވެސް ނެޝަނަލް ސްޓޭޑިއަމް އަޅާނީ ހުޅުމާލޭ ފޭސް 1 ގައި. އޭރުން ސްޕޯޓްސް ސެކިޔުރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ގާއިމް ކުރެވިގެންދާނީ. އަދި ޓްރެފިކާއި ޕާކިންއާ، މިހުރިހާ ކަމަކަށް ބަލާފަ އެތަނުގައި އަޅުގަނޑުމެންނަށް މެނޭޖްކުރެވެން އޮތީމަ އެގޮތަށް އަޅުގަނޑުމެންގެ ވިސްނުން މިހުރީ،

ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު

ހުޅުމާލޭ ފޭސް އެކެއްގެ ދެކުނުކޮޅުން ވަނީ ސްޓޭޑިއަމް ފުޓްބޯޅަ އެޅުމަށް ބިމެއް ވެސް ކަނޑައަޅާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.