އެމެރިކާގެ އަވަށަކަށް ސްނޯ ފައިބާފައި-- ފޮޓޯ/ ފައިނޭންޝަލް ޓައިމްސް
ދުނިޔެ
25 Jan 2026 | 12:42
ފިނި މޫސުމުގެ ތޫފާނެއްގައި އެމެރިކާގެ ބޮޑު ސަރަހައްދެއްގެ ކަރަންޓު ކެނޑިއްޖެ

އެމެރިކާއަށް އެރި ފިނި މޫސުމުގެ ތޫފާނެއްގައި އެތައް ހާސް ފްލައިޓެއް ކެންސަލްވެ، ބޮޑު ސަރަހައްދެއްގެ ކަރަންޓު ކެނޑިއްޖެއެވެ. 

"ވިންޓަރ ސްޓޯމް ފަރން" ގެ ނަމުން ނަންދެވިފައިވާ މި ތުފާނަކީ މި މޫސުމުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ތޫފާނެވެ. މި ތޫފާން އެމެރިކާގެ ދެކުނު ސަރަޙައްދުތަކުން ފެށިގެން އިރުއުތުރުގެ ސްޓޭޓްތަކާ ހަމައަށްވެސް ދަތުރުފަތުރަށާއި ކަރަންޓުގެ ޚިދުމަތަށް ބޮޑެތި ބުރޫތަކެއް ކުރިމަތިކުރުވާފައިވެއެވެ. 

އެންމެ ފަހުގެ ނޫސް ރިޕޯޓުތަކުން ދައްކާގޮތުން، މުޅި އެމެރިކާގައި މިހާތަނަށް 14,000 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ޑަލަސް-ފޯޓް ވޯތު، އެޓްލާންޓާ، ބޮސްޓަން އަދި ނިއު ޔޯކް ފަދަ މައިގަނޑު އެއަރޕޯޓްތައް ހިމެނެއެވެ. އަދި ބޯކޮށް ސްނޯ ފޭބުމާއި، ގަނޑުފެނުގެ ވާރޭ ވެހުމުގެ ސަބަބުން އެތައް ހާސް ފްލައިޓެއް ލަސްވެ، އެއަރލައިންތަކުން ދަނީ ދަތުރުތައް ރޭވުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލަމުންނެވެ.

މި ތޫފާނުގެ ސަބަބުން ކަރަންޓު ފޯރުކޮށްދޭ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޓެކްސަސް އަދި ލޫއިޒިއާނާ ހިމެނޭހެން 130,000 އަށްވުރެ ގިނަ ގޭބިސީން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. ކަރަންޓު ނަރުތަކާއި ގަސްގަހުގައި ގަނޑުފެން ހިފުމުގެ ސަބަބުން، ޚިދުމަތް އަލުން އިއާދަކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. 

މި ޙާލަތާ ގުޅިގެން 16 ސްޓޭޓެއްގައާއި ވޮޝިންގޓަން ޑީ.ސީ. ގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އަދި ގެއްލުން ލިބުނު ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެޑަރަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީ އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އެގައުމުގެ ނޭޝަނަލް ވެދަރ ސަރވިސްއިން ވަނީ ކުރިއަށް އޮތް ހަފުތާގައިވެސް ބޯކޮށް ސްނޯ ފޭބުމާއި ފިނިމިން އިންތިހާއަށް ދަށްވާނެ ކަމަށް ލަފާކޮށް، އާންމުންނަށް ސަމާލުވުމަށް އިންޒާރު ނެރެފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކަރަންޓު ކެނޑިދާނެ ކަމަށް ބަލައި ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު އެއްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އެގައުމުގެ ބައެއް ހައިވޭތައް ބަންދުކޮށް، އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލާފައިވާއިރު، މަގުމަތީގެ ޙާލަތު ވަނީ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައެވެ.

މޫސުމާ ބެހޭ މާހިރުން އިންޒާރު ދޭ ގޮތުގައި، އޮހާޔޯ ވެލީ، މިޑް-އެޓްލާންޓިކް އަދި އިރުއުތުރުގެ ސަރަޙައްދުތަކުގައި މި ތޫފާނުގެ ބާރު އިތުރަށް ގަދަވެ، ފިނިހޫނުމިން އިތުރަށް ދަށްވުން އެކަށީގެންވެއެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.