"ދިރާގު ސްޓޫޑެންޓް ކަނެކްޓް" ޕްރޮގުރާމުގެ ތެރެއިން-- ފޮޓޯ/ ދިރާގު
ހަބަރު
26 Jan 2026 | 09:30
ތައުލީމީދުވަސް ފާހަގަކުރުމަށް ދިރާގުގެ ހާއްސަ އިވެންޓެއް ކިޔަވާކުދިންނަށް

ބައިނަލްއަގުވާމީ ތައުލީމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ދިރާގު ސްޓޫޑެންޓް ކަނެކްޓް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މި ޕްރޮގުރާމް ބާއްވާފައިވަނީ 24 ޖަނަވަރީ 2026 ވަނަ ދުވަހުއެވެ. 

މިއީ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒުވާނުން ބާރުވެރިކުރުމުގެ މަގުސަދުގައި ދިރާގުން ތައާރަފްކޮށްފައިވާ ހަރަކާތެކެވެ.

"ދިރާގު ސްޓޫޑެންޓް ކަނެކްޓް"ގެ ދަށުން ބާއްވާ ފުރަތަމަ އެޑިޝަން ކަމުގައިވާ "އައިސިކް އެޑިޝަން" ބާއްވައިފައިވަނީ ދަރިވަރުންނަށް ހާއްސަ އޮފަރތަކާއި ޑިސްކައުންޓްތަކާއި، ގޭމިންގގެ އިތުރުން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކާއެކުގައެވެ. އަދި، މި އިވެންޓުގައި ބައިވެރިވި ދަރިވަރުންނަށް ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑުގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަނެއް ވަނީ މުޅިން ހިލޭ ދީފައެވެ. މީގެ ސަބަބުން ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭގެ އެކި އައުޓްލެޓްތަކުން ހާއްސަ އޮފަރތަކާއި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.

މި އިވެންޓުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވިގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމަށް އެހީތެރިވެދީ، ޒުވާނުން އިހުތިޔާރުކުރާ މުސްތަގުބަލަށް ވާސިލުވުމަށް ބޭނުންވާ އަގުހުރި ފުރުސަތުތަކާއި ވަސީލަތްތައް އަދި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. 

"ދިރާގު ސްޓޫޑެންޓް ކަނެކްޓް" ޕްރޮގުރާމުގެ ތެރެއިން-- ފޮޓޯ/ ދިރާގު 

ތައުލީމީ ދާއިރާގައި ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ދިރާގުގެ ޑިރެކްޓަރ އޮފް ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވެފައިވައިވަނީ، ދިރާގުގެ އަމާޒަކީ ޑިޖިޓަލް ގޮތުން ކުރިއަރަމުން އަންނަ ޒަމާނެއްގައި، އުނގެނުމަށް ބެނުންވާ އޭ.އައި ވަސީލަތްތަކުން ފެށިގެން ހައި-ސްޕީޑް އިންޓަރނެޓް ފަދަ ޑިޖިޓަލް ހިދުމަތްތަކުގެ އެހީގައި ދަރިވަރުންނަށް ތައުލީމީ ގޮތުން، އެކި ދާއިރާތަކުން އަދި އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަރައި ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އައިސިކް މޯލްޑިވްސްގެ ފަރާތުން މި އިވެންޓްގައި ވާހަކަދައްކަވަމުން އިލްޔާސް ހަނީފް ވަނީ ދިރާގުން ދަރިވަރުން ކުރިއެރުވުމަށް ދޭ އަހަންމިއްޔަތުކަމަށާއި، އަދި ދިރާގާއި އައިސިކް މޯލްޑިވްސްއާ ދެމެދު އޮތް ޕަރޓްނަރޝިޕްގެ ދަށުން ދަރިވަރުންނަށް އަގުހުރި އަދި ބޭނުންތެރި ފައިދާތައް ފޯރުކޮށްދިނުމަށް ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.