ފަލަސްތީނުގައި ޝަހީދުވި މީހުންނާއި މެދު ހިތާމަފާޅުކުރަމުން ދަނީ-- ފޮޓޯ/ އޭޕީ
ދުނިޔެ
26 Jan 2026 | 11:10
އިސްރާއީލުން އަނެއްކާވެސް ފަލަސްތީނުގެ 3 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ދިން ހަމަލާއެއްގާ ފަލަސްތީނުގެ 3 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. 

މި ހަމަލާތަށް ދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއީވެސް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތް ދަނޑިވަޅެއްގައި ދިން ހަމަލާއެކެވެ. 

ރޮއިޓާސްއިން ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާޒާގެ އުތުރުގައިވާ ތުއްފާހު އަވަށުގެ އިރުމަތީ ފަރާތަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ދެ މީހަކު ޝަހީދުވިއެވެ. އަދި ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގައި ހިނގި އެހެން ހާދިސާއެއްގައި ތިންވަނަ މީހަކު ޝަހީދުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހިނގި މިފަދަ ހަމަލާތަކުގައި މަދުވެގެން ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެމީހުންގެ ސިފައިން ހަމަލާދިނީ ބޯޑަރު ސަރަހައްދުގައި އޮތް "ސަލާމަތީ ނުރައްކަލަކާ" ގުޅިގެން ކަމަށެވެ. އަދި ފަލަސްތީނުން ހާމަކުރި ބައެއް ތަފުސީލުތަކާ މެދު އެމީހުން ވަނީ ސުވާލުވެސް އުފައްދާފައެވެ. ނަމަވެސް، ހިނގި ހުރިހާ ހާދިސާތަކަކަށް ބަސްބުނުމަށް އިސްރާއީލުން އިންކާރު ކޮށްފައެވެ. 

މި ހަމަލާތައް ދީފައިވަނީ މަސްތަކަކަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓުވައި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. 

އިސްރާއީލުން ވަނީ ފާއިތުވި ހަފުތާތަކުގައިވެސް މިފަދަ ހަމަލާތައް ޣައްޒާއަށް އަމާޒުކޮށްފައެވެ. މީގެ ސަބަބުން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި، ނޫސްވެރިންނާއި އަދި ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ޝަހީދުވެ ޒަޚަމްވެފައިވެއެވެ. މިއީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާއިރު، މަސްލަހަތު އިތުރަށް ގޯސްވެދާނެތީ އެހީދޭ ޖަމިއްޔާތަކާއި ޑިޕްލޮމެޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އދ. އާއި ބައިނަލްއަގުވާމީ އެކި އިދާރާތަކުން ވަނީ ހުރިހާ ފަރާތްތަކަކުންވެސް ކެތްތެރިކަން އިސްކޮށް، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމު ކުރުމަށާއި އާންމު ރައްޔިތުން ރައްކާތެރިކުރުމަށް ގޮވާލާފައެވެ. އަދި މިފަދަ ހަމަލާތައް ތަކުރާރުވަމުންދާ ނަމަ، މިހާރުވެސް ހުއްޓިފައިވާ ސިޔާސީ އަދި އިންސާނީ އެހީގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.